Feb 17, 2021
165 Views
Comments Off on ހަށިގަނޑުގެ ހާލަތު އަންގައިދޭ ޕެޗެއް
0 0

ހަށިގަނޑުގެ ހާލަތު އަންގައިދޭ ޕެޗެއް

Written by


މީހާގެ ހަށިގަނޑުގެ ހާލަތު އަންގައިދޭ ޕެޗެއް އުފައްދައިފި އެވެ.

ސްޓޭމްޕެއް ވަރުގެ މި ޕެޗަކީ ގައިގެ ކޮންމެ ތަނެއްގައި ވެސް ތަތްކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މަޑު އެއްޗެކެވެ. ޕެޗް އުފެއްދި ސައިންސްވެރިންގެ ޓީމުން ބުނެފައިވާ ގޮތުގައި މި ޕެޗް ހަށިގަނޑުގައި ތަތްކުރުމުން ހަށިގަނޑުގެ އަސާސީ ވަރަށް ގިނަ މައުލޫމާތު ސާފުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ސިއްހަތާ ގުޅުން ހުރި މައުލޫމާތު ހިމެނެ އެވެ. އެގޮތުން ލޭގެ ޕްރެޝަރާއި ހިތުގެ ވިންދާއި ލޭގައި ގުލުކޯޒާއި ކެފެއިން އަދި މަސްތުވާއެއްޗެއްގެ އަސަރު ހުރި ނަމަ އެކަން ވެސް އަންގައި ދޭނެ އެވެ. މީގެ އިތުރުން ކެއީ/ބުއީ ކޯޗެއްކަން ވެސް ޕެޗުން ބުނެދޭނެ އެވެ. މިކަން ކޮށްދެނީ ތުނި އަދި މަޑު ޕެޗްގައި ހުންނަ ސެންސަތަކެއްގެ އެހީގައި މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
ޕެޗާ ބެހޭ ގޮތުން ސައިސްޓިންޓުންގެ ޓީމުން ބުނީ މިއާ މި ޒަމާނުގައި އަަޅައިގެން ބޭނުންކުރާ ޑިވައިސްތަކަށް ވުރެ ބޭނުންކުރަން ފަސޭހަ އެއްޗަކަށްވެފައި ހަށިގަނޑަށް މާ ބޮޑަށް ލުއިވާނެ އެއްޗެކެވެ.
މި ޕެޗްގެ މައިނޑު ބޭނުމަކީ މީހާގެ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބާރު އަޅަން މީހާގެ ސިއްހިތާއި ފިޓްނަސްއާ ބެހޭ މައުލޫމާތު އެއްކޮށް ދިނުމެވެ. އެހެންވެ މިއީ ހާއްސަކޮށް ކުދިންގެ ސިއްހީ ހާލަތު ދެނެގަންނަން ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ އެއްޗެކެވެ.
އެމެރިކާގެ ސެން ޑިއެގޯގެ ކެލިފޯނިއާ ޔުނިވަސިޓީގެ ނެނޯއިންޖިނިއަރިން ޕީއެޗްޑީ ދަރިވަރު ލޫ ޔުން ބުނީ އެ މީހުންގެ ޓީމުން އުފެއްދި ޕެޗަކީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށް އެ މީހުންގެ ސިއްހީ ހާލަތު ފަސޭހައިން ދުވަހަށް ވަގުތުން ވަގުތަށް ވަޒަންކުރަން ވެސް ވެސް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށެވެ.

ޕެޗް.

“މިސާލަކަށް ޑޮކްޓަރަކާ ހަމައަށް ދާން ދަތިވާ ދަނޑިވަޅެއްގައި މިފަދަ ޕެޗަކުން އެއްކޮށްދޭ މައުލޫމާތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ކަމެއް ވެސް ގެނެސްދޭނެ. މިސާލަކަށް އަހަރެމެން މިހާރު މި ތިބި ކޮވިޑްގެ ބަލިމަޑުކަން ކަހަލަ ސިޗްއޭޝަންތަކުގައި މިފަދަ ޕެޗެއްގެ ބޭނުންތެރިކަން ވަކިން ބޮޑު.” އޭނާ ބުންޏެވެ.
ނަމަވެސް މި ޕެޗާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެހެންވެ މިއީ އާންމުކޮށް ލިބޭނެ އެއްޗެއްތޯ ވެސް އަދި ކަށަވަރެއް ނުވެ އެވެ. ސައިންސްވެރިންގެ ޓީމުން އަންނަނީ ޕެޗާ ގުޅުން ހުރި އިތުރު މަސައްކަތްތައް އަދިވެސް ކުރަމުންނެވެ.



Source link

Article Categories:
Life Style

Comments are closed.