Feb 17, 2021
141 Views
Comments Off on ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާ ފަހުންކަމަށް ކަނޑައަޅައިފި
0 0

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާ ފަހުންކަމަށް ކަނޑައަޅައިފި

Written byރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާ ފަހުން ކަމަށް ކަނޑައަޅާފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ހާމަކޮށްފިއެވެ.ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ މުއްދަތަކީ 8 ހަފްތާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިއީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަހުގެ ދިރާސާތަކާއި، ޑަބްލިއުއެޗްއޯގެ ދިރާސާތަަކަށް ބަލައި، އެންމެ ރައްކާތެރިކަން ބޮޑު ގޮތް ކަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ.މީގެ ކުރިން ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 4 ހަފްތާގެ މުއްދަތެކެވެ.ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ބައިލައްކައަށްވުރެވެސް އިތުރުވެފައިވާއިރު، ފަންސާސް ހާސް މީހުންނަށް ވެކްސިން ޖެހުމަށްފަހު ވެކްސިންޖެހުން ހުއްޓާނުލާނެކަން އެޗްއީއޯސީން ހާމަ ކޮށްފައިވެއެވެ.ފެބްރުއަރީ 1 ވަނަ ދުވަހު މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ވެކްސިން ޖެހުމުގެ ޤައުމީ ޕްރޮގްރާމް ފެށުމަށްފަހު، މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީއިން ބުނެއެވެ. އެގޮތުން މިހާރު ބޭނުން ކުރަމުންދަނީ ސިރަމް އިންސްޓިޓިއުޓުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒްއެވެ. މި ޑޯޒްތައް ހުސްވުމަށްފަހު ވެކްސިން ދިނުމުގެ ޕްރޮގްރާމް ނުހުއްޓޭނެފަދަ ނިޒާމެއްގެ ދަށުން ވެކްސިން ލިބިފައިވާކަންވެސް އެޗްއީއޯސީން ފާހަގަ ކޮށްފައިވެއެވެ.Source link

Article Categories:
News

Comments are closed.