Feb 17, 2021
166 Views
Comments Off on ރާއްޖޭގެ ވިޔަފާރިތަކުން ލިބޭ ޑޮލަރު ހިފަހައްޓަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
0 0

ރާއްޖޭގެ ވިޔަފާރިތަކުން ލިބޭ ޑޮލަރު ހިފަހައްޓަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

Written by


ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވައްދާ ބޭރުގެ ބޭންކްތަކަށް ޖަމާކުރާތީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިިތުންގެ މަޖިލ؛ީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކުރާ ވިޔަފާރިތަކުގައި ބޭރު ގައުމުތަކުގެ ޕީއޯއެސްް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުން ހަދާ ބުކިންތަކުގެ ފައިސާ ވެސް އެގޮތަށް ބޭރުގެ ބޭންކްތަކަށް ޖަމާކުރަމުންދާ ކަމަށާއި އެހެންވެ، އެ މުއާމަލާތްތަކުން ދައުލަތަށް ލިބެންވާ ފައިސާ ވެސް ނުލިބޭކަން ފާހަގަކުރެވޭ ކަމަށް ގަރާރުގައި އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިޔަން ޑޮލަރުގެ ވިޔަފާރި، ބޭރު ފައިސާއިން ކުރިއިރު އޭގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އަދި ރާއްޖޭން ބޭރުވެފައި ވަނީ ކިހާވަރެއްކަން އެނގެން ނެތް ކަމަށެވެ.
“މި މައްސަލަ އަށް ހަައްލެން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިނގާ އެންމެހާ ވިޔަފާރިތަކަށް ސޭލްސްގެ ގޮތުގައި ލިބޭ ފައިސާ އާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާމްދަނީ އަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރުމަށް ޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުން ނުވަތަ މަނާކުރުން މުހިއްމުކަން ފާހަގަކުރެވޭ…،” ގަރާރުގައި ހާރޫނު ވިދާޅުވި އެވެ.
ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތެއްގައި އޮންލައިންކޮށް ފައިސާ ދެއްކި ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް އެ ފައިސާ ވަންނަ ގޮތަށް އުސޫލުތައް ކަނޑައަޅަން ވެސް އޭނާ ގޮވައިލެއްވި އެވެ. ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި އުސޫލުތަކަށާއި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އެކަމަށް ޓަކައި އާ ގާނުނުތަކެއް ހަދަން ޖެހޭ ނަމަ އެ ގާނޫނުތައް ހަދަން ވެސް އޭނާ ގޮވައިލެއްވި އެވެ.Source link

Article Categories:
News

Comments are closed.