Feb 17, 2021
5983 Views
Comments Off on ކަޅު ކޮފީން ހިތަށް ބޮޑު ފައިދާއެއް؛ ހަކުރު ނާޅާތި!
0 0

ކަޅު ކޮފީން ހިތަށް ބޮޑު ފައިދާއެއް؛ ހަކުރު ނާޅާތި!

Written by


ކޮފީ އަކީ ހިތުގެ މައްސަލަތަކާ ދުރުކޮށްދޭ އެއްޗެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ކޮފީއާ ބެހޭ ގޮތުން 10 އަހަރުގެ މުއްދަތަކަށް ހަދާފައިވާ ބޮޑު ތިން ދިރާސާއެއްގެ މައުލޫމާތުތައް ބިނާކޮށް އެމެރިކަން ހާޓް އެސޯސިއޭޝަނު (އޭއެޗްއޭ) އިންޖާނަލް ސާކިއުލޭޝަން: ހާޓް ފެއިލިއާގައި އާންމުކުރި އާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލަކު މަދުގެން އެއް ތަށިި ނުވަތަ އެއަށް ވުރެ އިތުރަށް ކަޅުކޮފީ ބުއިމަކީ ދިގު މުއްދަތަކަށް ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށް ދޭން ބާރުއަޅާ ކަމެކެވެ.
“ތިން ދިރާސާ އިން ވެސް ފާހަގަކުރެވުނު މައިގަނޑު ކަމަކީ ކޮފީ އާއި ހިތުގެ މައްސަލަ ކުޑަކޮށް ދިނުމާ ގުޅުން ހުރިކަން،” ރިޕޯޓްގައި ބުންޏެވެ.
އޭގައި ބުނި ގޮތުގައި ކޮފީ އަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ ދުޅަހެޔޮ ޑައިޓަކަށް މަގުފަހިވާނެ އެއްޗެއް ކަމަށެވެ.

Association Between Coffee Intake and Incident Heart Failure Risk | #GraphicalAbstract by #CircHFWaveforms @DoctorSadaf & @ChuziSarah | Full article: https://t.co/qQ5uvhypeZ pic.twitter.com/gbThixwqXq— Circ: Heart Failure (@CircHF) February 9, 2021

“އެގޮތުން ހަކުރާއި ކިރު ނާޅައި ކޮފީ ބުއިމަކީ ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެއް،” އެމެރިކަން ހާޓް އެސޯސިއޭޝަންގެ ލައިފްސްޓައިލް އެންޑް ކާޑިއޮމެޓަބޮލިކް ހެލްތު ކައުންސިލް ލީޑަޝިޕް ކޮމިޓީގެ ކުރީގެ ޗެއާޕާސަން އަދި ޑައިޓީޝަން ޕެނީ ކްރިސް-އެތާޓަން ވިދާޅުވި އެވެ.
ކަޅުކޮފީ އާއި ހިތުގެ މައްސަލަތަކާ އޮތް ގުޅުން ހާމަކޮށްދިން މި ދިރާސާގެ އަސްލަށް ބެލި ކުރީގެ ތިން ދިސާރާ އަށް ބަލާއިރު ދިރާސާގައި ބައިވެރިވި 21،000 މީހުންގެ ތެރެއިން އާދަކޮށް ކޮފީ ބުއި މީހުންނާއި ކޮފީ ނުބޯންނާ މީހުންނާ ހުރި ތަފާތުތައް ދެނެގެންފައިވެ އެވެ.

އެގޮތުން ފާހަގަކުރެވުނީ ކޮންމެ ދުވަހަކު އެއް ތަށި ކޮފީ ބޯ މީހުންނަށް ހާޓް ފެއިލިއާ ކުރިމަތިވުމުގެ ފުރުސަތު 5-12 ޕަސެންޓަށް ދަށްކޮށްދޭ ކަމަށެވެ. މީގެ އިތުރަށް ދުވާލަކު ދެ ތަށި ނުވަތަ އެއަށް ވުރެ ގިނައިން ކޮފީ ބޯ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްކޮށްދޭ ކަމަށް ވެސް ފާހަގަކުރެވިފައިވެ އެވެ.
“ކެފެއިން އާއި ހިތުގެ މައްސަލަތައް ކުޑަކޮށް ދިނުމާ އޮތް ގުޅުމަކީ ހަގީގަތުގައި ވެސް ސަޕްރައިޒެއް،” ކޮލޮރާޑޯ ސްކޫލް އޮފް މެޑިސިން ޔުނިވަސިޓީގެ މެޑިކަލް ޑިރެކްޓަރު ޑރ. ޑޭވިޑް ކާއޯ ވިދާޅުވި އެވެ.

Source link

Article Categories:
Health · Life Style

Comments are closed.