Feb 17, 2021
105 Views
Comments Off on ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ޑރ. ޖަމީލު ވަކިކުރުމަށް މަޝްވަރާކުރަނީ!
0 0

ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ޑރ. ޖަމީލު ވަކިކުރުމަށް މަޝްވަރާކުރަނީ!

Written byމިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ ޑރ. މުހައްމަދު ޖަމީލް ވަކި ކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރ ޝިޕުން ގޮވާލައިފިއެވެ.ޕީޕީއެމް/ޕީއެންސީ ކައުންސިލް ގުރޫޕްގައި ހޫނު ބޮޑުވެ، ޑރ. ޖަމީލަށް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާފައެވެ. އަދި ޑރ. ޖަމީލު މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަމިއްލަ ފައިދާ ނަގަން ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.ހޯމަ ދުވަހު ޑރ. ޖަމީލު ވަނީ ރައީސް ޔާމީން އަނިޔާ ދިން އަނިޔާ ދިން ކަމަށް ބުނެ ސްޕްރީމްކޯޓުގައި ވާހަކަދައްކަވާފައެވެ. އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިންގޮތުގައި ރައީސް ޔާމީން ސަރުކާރުގައި ފުރަތަމަ ނައިބް ރައީސްކަން ކުރެއްވި ޑރ. ޖަމީލް ގާނޫނީ ވަކީލުންގެ ޓީމުން ވަކިކޮށް އަލުން ގާނޫނީ ޓީމް އެކުލަވާލުމަށް ރައީސް ޔާމީންގެ އަރިހުގައި ދެންނެވުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.ޕީޕީއެމް/ޕީއެންސީ ކައުންސިލްގެ ވަޓްސްއަޕް ގުރޫޕްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެއް ފުރާޅެއްގެ ދަށުގައިހުރެ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޖެހިގެން ހުރި ފުރާޅުގެ ދަށުގައި ”ރައީސް ޔާމިން ކުރީ އަނިޔާއޭ” ބުނުމަކުން ދެކޮޅު ނުޖެހޭ ކަމަށެވެ.Source link

Article Categories:
News

Comments are closed.