Feb 17, 2021
122 Views
Comments Off on ކްލަބްތަކުގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރާނަން: ރައީސް
0 0

ކްލަބްތަކުގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރާނަން: ރައީސް

Written by


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ޖެހިފައިވާތީ ކްލަބްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ރައީސްއާ ބައްދަލުކުރަން ނިންމީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މި މަހު ތިން ވަނަ ދުވަހު މެދުކަނޑާލި ދިވެހި ލީގު ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން އިސް އޮފިޝަލަކު ބައިވެރިވެފައިވެ އެވެ. ކްލަބްތަކުން ވަނީ ކޮވިޑް-19ގެ ސަބަބުން ލީގު ހުއްޓާލަން ޖެހޭ ކޮންމެ ފަހަރަކު މާލީގޮތުން އެތައް ދަތިތަކެއް ކުޅުންތެރިންނާއި ކްލަބްތަކުން އުފުލަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ދަންނަވައިފަ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވަނީ ކްލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
“ކްލަބްތަކުން ވެސް ޖެހޭ ހަގީގަތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން ވީ އެންމެ އަވަހަކަށް އަރައިގަންނަން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މި ބަލި ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ ކަންތައްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާކުރަން،” ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންތައްތައް ކުޅިވަރުގެ މަޝްހޫރު ކުޅުންތެރިންގެ އެހީގައި ވެސް ޕްރޮމޯޓްކުރުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.
“ނުފޫޒުގަދަ އަދި މަޝްހޫރު އެތުލީޓުން ކުރިއަށް ޖެހި އެބަޖެހޭ ނުކުންނަން. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ އިރުޝާދުތައް ޕްރޮމޯޓްކުރަން. މިސާލަކަށް ސޯޝަލް ޑިސްޓެންސިން އަށް އިސްކަން ދިނުން. މާސް އެޅުން. ދެން ވެކްސިން ޖެހުމަށް ހޭލުންތެރިކުރުން،” ރައީސްއާ ހަވާލާދީ ބުނެފައިވެ އެވެ.
ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާރާތަކަށް ވާއިރު އެ މުބާރާތަށް ފުރުސަތު ދޭން ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ކުޅުންތެރިން ވަނީ އެޗްޕީއޭގައި އެދިފަ އެވެ. އެކަމަކު ހުކުރު ދުވަހު އެޗްޕީއޭ އިން އާންމުކުރި އާ އުސޫލުތަކުގެ ތެރެއިން ވެސް ދިވެހި ލީގު ފެށޭނެ ލުޔެއް ނުލިބުނެވެ. ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން މިދިޔަ ހުކުރު ދުވަހުގެރޭ ވަނީ ލީގު ފަށަން ހުއްދަ ދެވެން ނެތް ކަމަށް ބުނެފަ އެވެ.
ނަމަވެސް ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކު ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ. ހުރިހާ ކްލަބެއްގެ ކުޅުންތެރިން ވެކްސިން ޖަހައި ނިމުމުން ކައިރި މުސްތަގުބަލެއްގައި ލީގު އަލުން ފެށުމުގެ ފުރުސަތު އެބައޮތެވެ.Source link

Article Categories:
Sports

Comments are closed.