Feb 17, 2021
99 Views
Comments Off on އާ ފަންނާނުންނަށް ފުރުސަތުދޭން ކަރަން ޖޯހަރް ކެމްޕޭނެއް ފަށައިފި
0 0

އާ ފަންނާނުންނަށް ފުރުސަތުދޭން ކަރަން ޖޯހަރް ކެމްޕޭނެއް ފަށައިފި

Written by


ބޮލީވުޑްގެ “ނެޕޮޓިޒަމް ކިންގް” ގެ ޓެގް އަޅުވައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ކަރަން ޖޯހަރް، ހުނަރުވެރި އާ ފަންނާނުންނަށް ފުރުސަތު ދޭން ފަށައި، އެކަމަށް ހާއްސަ ކެމްޕޭނެއް އަންގާރަ ދުވަހު ލޯންޗްކޮށްފި އެވެ.

“ޑީސީއޭ ސްކޮޑް” ގެ ނަމުގައި ފަށާފައިވާ ކެމްޕޭންގެ ދަށުން ކަރަން އިސްކޮށް ހުރެގެން ފުރުސަތުދޭން ނިންމިކަން އިއުލާންކުރި ތަރިންގެ ތެރެއިން އެކަކީ ބަތަލާ ތުރިޕްތީ ދިމްރީ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ “ބުލްބުލް” އާއި 2018 ގެ “ލައިލާ މަޖުނޫ” ގެ ބަތަލާ އެވެ.

ތުރިޕްތީ އަކީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ އާއިލި އަދި ގާތް ގުޅުމެއް އޮވެގެން ފުރުސަތުތައް ލިބެން ފެށި ބަތަލާއެއް ނޫނެވެ. އެހެންވެ އެފަދަ ފަންނާނުންނަށް ފުރުސަތުދޭން ކަރަން ފަށާފައިވާ މަސައްކަތުގެ ދަށުން ދެ ޖިންސްގެ ގިނަ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭނެ އެވެ.

މިއީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު ބަންޓީ ސަޖްދޭގެ ކުންފުނި ކޯންސްޓޯން ގުޅިގެން އުފައްދާފައިވާ ޓެލެންޓް އެޖެންސީ ދަރުމާ ކޯސްޓޯން އެޖެންސީގެ ދަށުން ކުރާ މަސައްކަތެކެވެ. އެ އެޖެންސީގެ ދަށުން ފިލްމުތަކާއި ވެބް ސީރީޒްތަކާއި އިޝްތިހާރު ފަދަ އުފެއްދުންތަކުން، ފިލްމީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ އާ ފަންނާނުންނަށް ފުރުސަތުތައް ހޯދައިދޭނެ އެވެ.

މަގުސަދަކީ ފިލްމީ ދާއިރާއާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ބަޔަކަށް ކުރިއަށްދާނެ ފުރުސަތުތައް ހޯދައިދިނުމެވެ.

ދަރުމާ ކޯންސްޓޯން އެޖެންސީ އިއުލާންކުރީ ޑިސެމްބަރު މަހުގެ 15 ގަ އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ކަރަން އަކީ އަބަދު ވެސް ރައްޓެހިންނާއި ފިލްމީ އާއިލާތަކާއި އެ ދާއިރާގެ ނުފޫޒު ގަދަ މީސްމީހުންނާ ގުޅުން އޮންނަ މީހުންނަށް ފުރުސަތުތައް ދޭ މީހެކެވެ. ހާއްސަކޮށް އެންމެ މަޝްހޫރު ތަރިންނާއި އެ މީހުންނާ ގުޅިފައިވާ މީހުންނެވެ.

އެކަމަކު “ޑީސީއީ ސްކޮޑް” ގެ އަކީ އެ ތުހުމަތުތައް ނިމުމަކަށް ގެންނަން ފެށި މަސައްކަތެކެވެ.

ކަރަން އަކީ ކުރިން ވެސް އޭނާގެ ބައެއް ފިލްމުތަކުން ފިލްމީ ދާއިރާއާ ގުޅުމެއް ނެތް ބަޔަކަށް ފުރުސަތު ދީފައިވާ މީހެކެވެ. އޭގެ ތެރޭގައި “ސްޓޫޑަންޓް އޮފް ދި އިޔާ” އިން ތައާރަފުކުރި ސިދާތު މަލްއުތުރާ އާއި އެ ފިލްމުގެ ސީކްއެލް އިން ތައާރަފުކުރި ތާރާ ސުތާރިއާ ފަދަ ތަރިން ހިމެނެ އެވެ.

ދަރުމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ދޯސްތާނާ 2” އަކީ ވެސް އާ އެކްޓަރަކު ތައާރަފުކުރާނެ ފިލްމެކެވެ. ޖާންވީ ކަޕޫރާއި ކާތިކް އާރިޔަނާ އެކު އެ ފިލްމުން ފެންނާނެ އާ އެކްޓަރަކީ ލަކްޝިއާ އެވެ.

Source link

Article Categories:
Entertainment

Comments are closed.