އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގެ މެޗުތައް ހޯސްޓުކުރަން އިންޑިއާއިން ބިޑް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ވަނީ ނިންމާފައެވެ. ސެންޓްރަލައިޒްކޮށްގެން އޭއެފްސީ ކަޕް ކުރިއަށްގެންދަން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށްގެން ބާއްވާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ބިޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Sports