Feb 17, 2021
101 Views
Comments Off on މިއަދު ވެކްސިން ޖެހި 6171 މީހުންނާއެކު ޖުމްލަ އަދަދު 56،218ށް
0 0

މިއަދު ވެކްސިން ޖެހި 6171 މީހުންނާއެކު ޖުމްލަ އަދަދު 56،218ށް

Written by



ބުރާސްފަތި ދުވަހު ރާއްޖެއިން ވެކްސިން ޖެހި 6،171މީހުންނާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 56،218ށް އަރައިފިއެވެ.އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ވެކްސިން ޖެހި 6،171 މީހުންގެ ތެރެއިން 4،310 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 1،861 މީހުންނެވެ.މުޅި ރާއްޖެއިން ވެކްސިން ޖެހި 56،218 މީހުންގެ ތެރެއިން 43،838 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 12،380 މީހުންނެވެ.މި މަހުގެ އެއް ވަނަ ދުވަހު މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަދި ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިނަށް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫޒް ހުއްދަ ވެސް ލިބިފައެވެ. ރާއްޖެއަށް ޗައިނާގެ ސިނޮފާމް ވެކްސިން ލިބިފައިވީ ނަމަވެސް އަދި ބޭނުންކުރާކަށް ނުފަށައެވެ.ރާއްޖޭގައި މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެންމެނަށް ވެސް ވަނީ ވެކްސިން ޖަހަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ޖަހަން ފެށުމަށް ފަހު އެކި އުމުރު ފުރާތަކަށް ހުޅުވައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށާފައިވާތާ މިހާރު ވަނީ ހަފްތާއެއް ވެފައެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައިވެސް ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖަހަން ދިއުމަށް ގޮވާލާފައެވެ.މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ހެނދުނު 9ން ހަވީރު 5ށެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުގައި ހެނދުނު 9ން މެންދުރު 1ށެވެ. އަދި ސެނެހިޔާގައި އެޕޮއިންޓްމަންޓް ހައްދައިގެންވެސް ވެކްސިން ޖެހުމުގެ ހިދުމަތް ދެއެވެ.



Source link

Article Categories:
News

Comments are closed.