Feb 17, 2021
103 Views
Comments Off on ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭ- މަބްރޫކް
0 0

ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭ- މަބްރޫކް

Written by



ފުރިހަމަ ތަރައްޤީއެއް ރައްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނަކަށް ދާދިފަހު ހަމަޖެއްސެވި މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެމަނިކުފާނުގެ ޒާތީ ބައެއް ކަންކަމާއި ސިޔާސީ ޙަޔާތްޕުޅާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބީ ކުރިމަތިވިޔަސް ޤައުމަށް ޚިދުމަތްކުރުމަށް ކަނޑައަޅުއްވައިގެން ހުންނެވި އަޒުމަށް ގުޑުލެއް ނާރުވާ ހުރުމުގެ ނަތީޖާއަކީ މިއަދު މަބްރޫކްގެ މަސައްކަތް އާންމުން ބަލައިގަންނަ އެއް ސަބަބުކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ކޮވިޑާ ދެކޮޅަށް ފެށި ހަނގުރާމައިގައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުން ކުރި މަސައްކަތް އާންމުން ވަރަށް ބޮޑަށް ބަލައިގަތްކަން ފާހަގަކުރައްވައި މަބްރޫކް ވަނީ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުން ވެސް ރައީސް އޮފީހުގެ ކަންކަން ރާއްޖޭގެ ނޫސްވެރިންނަށް ހިއްސާކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މަބްރޫކް ވަނީ އެމަނިކުފާނުގެ ބައެއް ސިޔާސީ ވިސްނުންފުޅުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން 5 އަހަރުގެ 1 ދައުރަށްވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.މިފަހުގެ ތާރީޚެއްގައި އެމެރިކާގެ އެންމެ ކާމިޔާބު އެއް ރައީސްގެ ގޮތުގައި ފާހަގަކުރެއްވުނު ބަރަކް އޮބާމާގެ ވެރިކަމުގެ 8 އަހަރުން މިސާލު ނަންގަވަމުން މަބްރޫކް ވަނީ އޮބާމާގެ ފުރަތަަމަ ދައުރުގެ 4 އަހަރުގައި މާގިނަ ކާމިޔާބީތަކެއް ޙާސިލުނުވުމުން ފާޑުކިޔުންތައް އަމާޒުވިޔަސް، ދެވަނަ ދައުރުގައި އޮބާމާ ގެންނެވި ތަރައްޤީގެ އަވަސް ފިޔަވަޅުތަކަކީ އެމަނިކުފާނުގެ ވެރިކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ މައިގަނޑު ސަބަބުކަމަށެވެ. މަބްރޫކް ވަނީ ފުރިހަމަ ތަރައްޤީއެއް ރައްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.



Source link

Article Categories:
News

Comments are closed.