ބޭނުންވާ ތަކެތި
200 ގުރާމް ރޯސްޓެޑް ޕީނަޓްސް½ ލޮނު½ ބްރައުން ޝުގަރ½ ސަމުސާ ސަންފްލާވަރ އޮއިލް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ޕީނަޓްސްގެ ތޮށި ނޮޅާލާށެވެ. ދެން ހަވާދު ފުނޑާ މިކްސަރު ތަށީގެ ތެރެއަށް އަޅާފައި، ފުނޑާލާށެވެ. ފުނޑާނީ އެއްފަހަރާ ޕީނަޓްސް ފުނޑުވާ ގޮތަކަށް ނޫނެއެވެ. މަޑުމަޑުން މިކްސަރު ޖައްސަމުން ހިމުން ކުރަމުންނެވެ.ދެން ހިމުންވުމުން، އޭގެ ތެރެއަށް ލޮނު، ތެޔޮ، ބްރައުން ޝުގަރ އެޅުމަށް ފަހު އަނެއްކާވެސް ހިމުން ކޮށްލާށެވެ. އެއްކޮށް އޮމާން ވުމުން، ބޭނުންނަމަ އޭގެ މައްޗަށް އިރުތަށް ޕީނަޓް އަޅާފަ 6 ސިކުންތު ފުނޑު ކޮށްލެވިދާނެ އެވެ. އޭރަށް ހުންނާނީ ޕީނަޓް ފުށްފުށް ޖެހޭގޮތަށެއެވެ. ދެ ގޮތަށް ވެސް ބޭނުން ކޮށްލެވިދާނެ އެވެ. އެއަށްފަހު، ފުޅިއަކަށް އަޅާފައި، ފިނިކޮށްލާށެވެ.
Article Categories:
News