Feb 18, 2021
137 Views
Comments Off on ހާލަންޑުގެ ދެ ލަނޑާއެކު ޑޯޓްމުންޑް މޮޅުވެއްޖެ
0 0

ހާލަންޑުގެ ދެ ލަނޑާއެކު ޑޯޓްމުންޑް މޮޅުވެއްޖެ

Written byޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބޮރޫޝީއާ ޑޯޓްމުންޑުން ރަށުން ބޭރުގައި ސެވިއްޔާ ބަލިކޮށްފިއެވެ.ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ސްޕެނިޝް ކުލަބެއްގެ އަތުން ރަށުން ބޭރުގައި، ޗެމްޕިއަންސް ލީގުގެ މެޗަކުން ޑޯޓްމުންޑް މޮޅުވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ އެތުލެޓިކޯ މެޑްރިޑް އަތުން 1996-97 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު ޑޯޓްމުންޑުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.ސެވިއްޔާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ސެވިއްޔާއަށް ލީޑު ނަގައިދިނީ ސޫސޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމުންޑުން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި މަހްމޫދު ދާއޫދު ވަނީ ލަނޑެއް ޖަހައި ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި ހާފުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ލަނޑު ޖަހާ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާއިން ފަރަގު ކުޑަކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ޑޯޓްމުންޑުގެ ދަނޑުގައި އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ.Source link

Article Categories:
News

Comments are closed.