Feb 18, 2021
126 Views
Comments Off on ހުނަރުވެރި ފޯވާޑް ރިޒޭގެ އޮޕަރޭޝަން ކާމިޔާބު
0 0

ހުނަރުވެރި ފޯވާޑް ރިޒޭގެ އޮޕަރޭޝަން ކާމިޔާބު

Written by



ކުލަބު އީގަލްސްއަށް ކުޅެމުން އަންނަ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ގެ ކަކުލު ހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާއިން ރަނގަޅުވުމަށް، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.ރިޒޭގެ ކަކުލަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އަތުން 2-0 ން އީގަލްސް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރިޒޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި ރިޒޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، މީގެ ކުރިންވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ލީގުގެ ކުރީކޮޅުގައި އީގަލްސްއިން ކުޅުނު ބައެއް މެޗުތައް ރިޒޭއަށް ގެއްލުނެވެ.އެ ފަހަރު ލިބުނު އަނިޔާއިން ރިޒޭ އެއްކޮށް ރަނގަޅު ނުވަނީސް، ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޒޭގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. އެހެންކަމުން އެ އަނިޔާއިން ރަނގަޅުވުމަށް ރިޒޭ ވަނީ ބުރާސްފަތި ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.ރިޒޭގެ އޮޕަރޭޝަނާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރިޒޭ ކުރި ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އުންމީދަކީ ވީ އެންމެ އަވަހަކަށް ރިޒޭ އެއްކޮށް ފިޓްވެ، އޭނާ ދަނޑުން ފެނިގެންދިޔުން ކަމަށެވެ.



Source link

Article Categories:
News

Comments are closed.