Feb 18, 2021
135 Views
Comments Off on ނަޑާލް ކަޓުވާލުމަށް ފަހު ސިޓްސިޕާސް ސެމީ އަށް
0 0

ނަޑާލް ކަޓުވާލުމަށް ފަހު ސިޓްސިޕާސް ސެމީ އަށް

Written by


މެލްބަން (ފެބްރުއަރީ 18) – އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިނުގެ ރަފައެލް ނަޑާލް ކަޓުވާލުމަށް ފަހު ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ މަޝްހޫރު ކުޅުންތެރިޔާ ރޮޖާ ފެޑެރާ 21 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްގެން ހަދާފައިވާ ރެކޯޑާ ހަމަކުރަން ނަޑާލް ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅެކެވެ. ނަޑާލް ވަނީ މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ 2019 ވަނަ އަހަރުގެ މުބާރާތުގައި ސިޓްސިޕާސް ރަނގަޅު ފޯމެއްގައި އޮއްވައި ކެޓީ ސެމީ ފައިނަލުގައި ނަޑާލް އަތުންނެވެ. ރޭގެ މެޗުން ނަޑާލް ދެ ސެޓު ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި ސިޓްސިޕާސް ހޯދި މޮޅަކީ މީގެ ދެ އަހަރު ކުރީގެ އެ ނާކާމިޔާބީ ހަނދާނުން ފޮހެލަން ލިބުނު ފުރިހަމަ މޮޅެކެވެ. ރޭގެ މެޗުގެ ސެޓުތައް ދިޔައީ 3-6 2-6 7-6 (7-4) 6-4 7-5 އިންނެވެ.
ސިޓްސިޕާސް ބުނީ މި މެޗު މިދިޔައީ އޭނާ ހިޔާލަށް ވެސް ނާންނަ ގޮތަކަށް ކަމަށާއި ކުރެވުނު މަސައްކަތަށް ބަލާއިރު އޭނާ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

ރޭގެ މެޗުގެ ތެރެއިން ސިޓްސިޕާސް.– ފޮޓޯ: އޭއެފްޕީ

“އަހަރެން ޓެނިހުގައި މިކުރާ މަސައްކަތުގެ ނަތީޖާ މިއީ. އެކަމަކު ގަބޫލުކުރަން ވެސް ދަތި ލެވަލެއްގައި މި މެޗުގައި މި ކުޅެވުނީ. ހަތަރު ގަޑިއިރު ވަންދެން މި ގޮތަށް ޓެނިސް ކޯޓެއްގައި މެޗެއް ކާމިޔާބުކުރަން އަހަރެން މީގެ ކުރިން މަސައްކަތެއް ނުކުރަން. މިއީ ތަޖުރިބާ އަށް ބަލާއިރު ވެސް ވަރަށް ރަނގަޅަށް ދިޔަ މެޗެއް،” 22 އަހަރުގެ ސިޓްސިޕާސް ބުންޏެވެ.
މާދަމާ ކުޅޭ ސެމީ ފައިނަލުގައި ސިޓްސިޕާސް ބައްދަލުކުރާނީ ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ އެވެ. އަނެއް ސެމީގައި ނޯވަކް ޖޮކޮވިޗް ކުޅޭނީ ރަޝިއާގެ އަސްލާން ކަރަޓްސޭފްއާ ދެކޮޅަށެވެ.
ނަޑާލް ބުނީ ޝަކުވާކުރެވޭނެ ޖާގައެއް ނެތް ކަމަށާއި މެޗު ދިޔައީ އޭނާ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މި މުބާރާތަށް ތައްޔާރުވާން ވެގެން ކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވީ މުބާރާތަށް އައިސް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހުމުން ކަމަށް ނަޑާލް ބުންޏެވެ.
އޭނާ ބުނީ މުބާރާތްތަކުގެ ކުރިން ކަރަންޓީނު ކުރާގޮތަށް އޮތް އުސޫލު ދަމަހައްޓައިފިނަމަ މުބާރާތްތަކުގައި ވާދަކުރާ މޮޅެތި ކުޅުންތެރިންގެ އަދަދު މަދުވެދާނެ ކަމަށާއި އެކަމަށް ވީހާވެސް އަވަހަށް ހައްލެއް ހޯދަން ޖެހޭ ކަމަށް



Source link

Article Categories:
Sports

Comments are closed.