Feb 18, 2021
136 Views
Comments Off on ނުވަ ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި
0 0

ނުވަ ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

Written by


ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ އަރުޝަދު ޚާލިދު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރު ކުރީކޮޅު ފުލުހުން ހިންގި އޮޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެތި ފެނުނު މައްްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. އެ މީހުންގެ މައްޗަށް ކުރަނީި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލީ އަރުޝަދު ޚާލިދެވެ. އޭނާ ދޫކޮށްލީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނެރެފައިވާ އަމުރު މުރާޖާ ކުރުމަށް ފަހު އެވެ.
އެނގިފައިވާ ގޮތުގައި ދައުލަތުން އޭނާއާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހެޅި ފުލުހުން ވެސް ވަނީ އޭނާއާ ގުޅުންހުރި އެއްވެސް ތަނަކުން މަސްތުވާތަކެތި ނުފެންނަ ކަމަށް ކޯޓުގައި ހެކިބަސް ދީފަ އެވެ. އަދި ތަހުގީގު މަރުހަލާގައި އަރުޝަދާ ދެކޮޅަށް ބަޔާން ދިން އެހެން ހެއްކަކު ވެސް ކޯޓުގައި ބުނެފައިވަނީ އޭރު އެގޮތަށް ބަޔާން ދިނީ ފުލުހުން މަޖުބޫރު ކޮށްގެން ކަމަށެވެ.
އެ މައްސަލާގައި ނުވަ ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން އެ އޮޕަރޭޝަންގައި ހޯދި އެވެ. އަދި އެ އޮޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް ތުހުމަތުކޮށް، އެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.



Source link

Article Categories:
News

Comments are closed.