ރާއްޖޭގައި ކޮވިޑް-19ގެ އިނގިރޭސިވިލާތު ވޭރިއަންޓް އުޅޭކަމުގެ ހެކި ލިބިފައިވާ ކަމަށާއި، ޔަގީންކަން ދެވޭނީ އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށްފަހު ކަަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބުނެފިއެވެ.ބުދަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖެއިން ފެނިފައިވާ ކޮވިޑް-19ގެ ވައްތަރުތައް ޓެސްޓްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އައު ވޭރިއެންޓް އުޅުމުގެ ފުރުސަތު ބޮޑުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
Source link
Article Categories:
News