ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކުރުމުން ގއ. ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމަށް ނަސޭހަތްދިނުމާއެކު، ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ 2019 ވަނަ އަހަރު ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިއުލާން ކޮށްފައިވަނިކޮށް އެ މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ވަގުތީ އަމުރެއް ނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވި މައްސަލައިގަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News