Feb 18, 2021
153 Views
Comments Off on ކިނޮޅަހުގެ ކުނި މެނޭޖްކުރަން ބީއެމްއެލްގެ އެހީ 3 hr
0 0

ކިނޮޅަހުގެ ކުނި މެނޭޖްކުރަން ބީއެމްއެލްގެ އެހީ 3 hr

Written by


ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ކިނޮޅަހުގެ ކުނި މެނޭޖްކުރުމަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކުނި މެނޭޖްކުރުމަށް ކިނޮޅަހުގެ ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޕްރޮޖެކްޓަށް އެހީވުމުގެ ގޮތުން ކޮމިއުނިޓީ ފަންޑުން ވަނީ އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ބަހައްޓައިފަ އެވެ. މިއީ މަގުމައްޗަށް ކުނި އެޅުން މަދުކޮށް ކުނި ނެގުމުގައި ކައުންސިލަށް ފަސޭހަ ކޮށްދިނުމަށް އެ ރަށުގެ ވާފިރު އަހުމަދު ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލެކެވެ.
ވާފިރު ބުނީ މި ޕްރޮޕޯސަލް ހުށަހެޅި އިރު ވެސް ކިނޮޅޮހުގެ ކައުންސިލުން އައީ ރަށުގެ ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުން ކަމަށެވެ. ނަމަވެސް ކުނި އަޅަން ހާއްސަ ޑަސްބިންތަކެއް ނެތުމުން ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް ގޮންޖެހުތަންތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ
“ބަނދަރު ސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް، ކުނި އެޅުމަށް ޑަސްބިން ބެހެއްޓުމުގެ ސަބަބުން މިރަށުގެ ކުނި މެނޭޖު ކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފައި. އަޅުގަނޑުގެ އުއްމީދަކީ ‘ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް’ މި ޝިއާރާ އެއްގޮތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް.” ވާފިރު ބުންޏެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޖެކްޓު ހޮވައި އެ ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެ އެވެ.
ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ކުއާޓާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ލިބޭނެ އެވެ.Source link

Article Categories:
Business

Comments are closed.