Feb 18, 2021
134 Views
Comments Off on އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުން: ބީއެމްއެލް އިސްލާމިކް
0 0

އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުން: ބީއެމްއެލް އިސްލާމިކް

Written by



ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކް ގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ ޚިދުމަތް ދިނުމަށް ‘ބީއެމްއެލް އިސްލާމިކް’ ތައާރަފްކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ބަލައިލާއިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކް ގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ. ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމް ޕީއޯއެސް ޓަރމިނަލް ތަކުގެ އިތުރުން އިންޓަރނެޓް ބޭންކިންގ އާއި މޯބައިލް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ދަނީ ލިބެމުންނެވެ.ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ފައިނޭންސިންގެ ޖުމްލަ އަދަދު ފާއިތުވި 3 އަހަރު ތެރޭގައި އިތުރުވެގެން ގޮސްފައިވާއިރު މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ.ބީއެމްއެލުން ބުނީ 2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޚާއްސަ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާ އަށް އަރާފައެވެ.2020 ވަނަ އަހަރުގެ ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ވަނީ ދޫކޮށްފައެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 އިންސައްތަ އަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިންގއެވެ. އަދި 4 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވަރކިންގ ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންގއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ވަނީ ޝަރުއީ ހަމަތަކަށް ފެތޭ ގިނަ ޚިދުމަތްތަކެއް ތައާރަފް ކުރެވިގެން ދިޔުމާއެކު ޖުމްލަ ފައިނޭންސިންގ އަށް 19 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.މީގެ އިތުރުން ބީއެމްއެލުން ބުނީ 2018 އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތުތަކަކާއެކު އައު ޕްރޮޑަކްޓްތައް ތައާރަފްކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 45 އިންސައްތަ ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުން ކަމަށް ބީއެމްއެލުން ބުނެއެވެ.އިސްލާމިކް ފައިނޭންސިންގ މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



Source link

Article Categories:
News

Comments are closed.