Feb 18, 2021
288 Views
Comments Off on އެސްޓީއޯ އިން ތަމްރީން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި 3 hr
0 0

އެސްޓީއޯ އިން ތަމްރީން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި 3 hr

Written by


އެސްޓީއޯ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ވަޒީފާގެ މާހައުލަށް ދިވެހި ޒުވާނުން ތަމްރީން ކުރުމުގެ ގޮތުން އެސްޓީއޯއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އެ ކުންފުނީގެ ވަޒީފާގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 25 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. މި ފޯމު އެ ކުންފުނީގެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ހަތަރު ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ތެރޭގައި އައިޓީ އާއި އިލެކްޓްރިޝަން އާއި ރީޓެއިލް ސާވިސް އަދި އޮޓޯމޯޓިވް މެއިންޓެނެންސް ހިމެނެ އެވެ.
މި ޕްރޮގްރާމުގައި އައިޓީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް އަސާސީ ތައުލީމު ލިބިފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އައިޓީ ދާއިރާއަށް ފޯމު ހުށަހެޅޭނީ އޯލެވެލް ނިންމާފައިވާ މީހުންނަށް އެކަންޏެވެ.
އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.



Source link

Article Categories:
Business

Comments are closed.