ކެންބެރާ (ފެބްރުއަރީ 18): އޮސްޓްރޭލިއާގެ މީޑިއާތަކުން ފޭސްބުކުގައި ހިއްސާ ކުރާ ހަބަރުތަކަށް އެ ކުންފުނިން ފައިސާ ދިނުމަށް މަޖުބޫރު ކުރާ ގާނޫނެއް ފާސް ކުރަން އުޅޭތީ، އެ ޕްލެޓްފޯމް މެދުވެރިކޮށް އޮސްޓްރޭލިއާގައި ހަބަރު ޝެއާ ނުކުރެވޭ ގޮތަށް ހަދައިފި އެވެ.ފޭސްބުކުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޮސްޓްރޭލިއާގެ ޕާލިމެންޓުގެ ތިރީގެއިން މިހާރު ފާސްކޮށްފައިވާ “ނިއުސް މީޑިއާ ބާގެއިނިން ކޯޑް”ގައި އެ ކުންފުންޏާއި ނޫސް އުފައްދާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ދޭހަކޮށްފައި ވަނީ ރަނގަޅަކަށް ނޫނެވެ. އެހެންކަމުން ފޭސްބުކަށް ވަނީ އޮސްޓްރޭލިއާގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ހަބަރު ޝެއާ ނުކުރެވޭ ގޮތަށް ހަދަން މަޖުބޫރުވެފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News