Feb 18, 2021
140 Views
Comments Off on ވެހިކަލް ރަޖިސްޓްރީ ދޫކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަ މަޖިލީހާ ހިއްސާ ކޮށްފި
0 0

ވެހިކަލް ރަޖިސްޓްރީ ދޫކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަ މަޖިލީހާ ހިއްސާ ކޮށްފި

Written by



ވެހިކަލް ރަސްޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގައި ޓްރާސްޕޯޓު މިނިސްޓްރީއާ ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ހިނގާކަމަށް ތުހުމަތުކުރާ ކޮރަޕްޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއާ ހިއްސާ ކޮށްފިއެވެ.ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހުރިކަން މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީއާ ހިއްސާ ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ގުޅިގެނެވެ.ކޮމެޓީއާ ބައްދަލުކުރައްވާ، ޑރ. ސިމާދު ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަން އެންމެ ބޮޑަށް ހިނގުމުގެ ފުރުސަތު އޮތް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިމެނޭ ކަމަށް ސިމާދު ވިދާޅުވިއެވެ.ސިމާދު އިތުރަށް ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި ވެހިކަލް ރަޖިސްޓްރޭޝަން އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި، މި މައްސަލައަށް އޮތް ހައްލަކީ ލައިސަންސް ދިނުން ޑިޖިޓަލައިޒްކުރުން ކަމަށާއި، ލައިސަންސް ދޫކުރުމުގައި ޓްރާންސްޕޯޓުން މިހާރު ގެންގުޅޭ ސިސްޓަމުން ފަސޭހައިން މައުލޫމާތު އޮޅުވައިލެވޭނެ ކަމަށެވެ.ސިމާދު ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހީވެސް ނުކުރާވަރުގެ ބޮޑެތި ކޮރަޕްޝަނުގެ އަމަލު ހިންގާފައި އެބަހުރި ކަމަށެވެ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީކުރުން ފަދަ ކަންކަން ހިނގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސިމާދު ވިދާޅުވިއެވެ.ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގިކަން މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އެއްބަސްވެފައެވެ. އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅި ކަމަށް ކޮމިޓީގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.



Source link

Article Categories:
News

Comments are closed.