ބޭނުންވާ ތަކެތި
1 ޖޯޑު ހަނޑޫ (އާދައިގެ)3 ޖޯޑު ފުލް ކްރީމް½ ޖޯޑު ހަކުރު2 ސަމުސާ ވެނީލާ އެސެންސް3 ބިސް (ރީނދޫ ބައި)ކުޑަ ލޮނުކޮޅެއް1 ދަޅު ގެރިކިރު½ ޖޯޑު އަލްމަންޑް ފްލޭކްސްއެޕަލް ސިރަޕް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ 2 މިނެޓު ވަންދެން ހަނޑޫ ފެނު ކައްކާލާށެވެ. އެއަށްފަހު އެހެން ތެއްޔަކަށް ހަނޑޫ އެޅުމަށް ފަހު، ފުލް ކްރީމް، ހަކުރު، ލޮނު ކޮޅެއް، ވެނީލާ އެސެންސް، އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. ރަނގަޅަށް ހަލަމުން 30 މިނެޓު ވަންދެން ކައްކާލާށެވެ.ދެން ބޯތައްޓެއްގައި ގެރި ކިރު، ބިސް އަޅައިގެން ރަނގަޅަށް ގިރާލުމަށް ފަހު، ކެއްކި ބަތުގެ ތެރެއަށް އަޅާލާށެވެ. ދެން ރަނގަޅަށް ގަށާލުމަށް ފަހު ތައްޓަކަށް އަޅާފައި އޭގެ މައްޗަށް އެޕަލް ސިރަޕް، އަދި އަލްމަންޑް ފްރައި ކޮށްފައި އަޅާލާށެވެ.
Article Categories:
Recipe