Feb 18, 2021
307 Views
Comments Off on މިއީ ބަލިމީހެއް ނޫން، ކޭކެއް
0 0

މިއީ ބަލިމީހެއް ނޫން، ކޭކެއް

Written by


އަސްލު އެއްޗެހި ކަމަށް ގަބޫލުކުރެވޭހާ މޮޅަަށް މިހާރު ކޭކު އެޅުމަކީ ވަރަށް ބޮޑަށް ތަރައްގީވަމުން އަންނަ ހުނަރެކެވެ. ކޭކު ޑެކަރޭޝަންގައި އުޅޭ މީހުންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ވެސް އަންތަރީސްވާހާ މޮޅަށް އަޅާފައި ހުންނަ ކޭކްތައް މިހާރު ވަރަށް ގިނައިން ފެނެ އެވެ.

މިއީ ވެސް ވަރަށް ތަފާތު ކޭކެއްގެ ވާހަކަ އެވެ. މީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ބައެއް މީހުން ހީކުރީ ކޮވިޑް ބަލީގައި ހޮސްޕިޓަލެއްގެ ޕްރައިވެޓް ރޫމެއްގައި އޮތް މީހެއް ކަމަށެވެ. އެކަމަކު މީގެ ހަގީގަތް އެނގުމުން ގިނަ ބަޔަކަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މިއީ އަސްލު ކޭކެވެ. އެޑްމިޓްކޮށްފައި އޮތް މީހަކު ސިފަވާ ގޮތަށް ހަދާފައި އޮތް ބޮޑު ކޭކެވެ.

THIS IS A CAKE. pic.twitter.com/9h9pXiYHDG— Horror4Kids (@horror4kids) February 16, 2021

މީގެ އިތުރު ފޮޓޯތައް އާންމުކުރި އިރު އެ މީހާ “ފޮތިފޮތިކުރާ” ތަން ވެސް ފެނެ އެވެ. މިއާ އެކު ބައެއް މީހުން ބުނީ އެ ފެނިފައި ގަތީ ބިރު ކަމަށެވެ. ބައެއް ބުނީ ހީވީ ބިރުވެރި ފިލްމެއްގައި މީހަކު “ކޮށައިލާ ގޮތަށް” މީހަކު ކޮށާލާފައި އޮތްހެން ކަމަށެވެ.
މި ކޭކަކީ “ދަ ބޭކް ކިންގް” ގެ ނަމުން މަޝްހޫރު އިނގިރިސޭވިލާތުގެ ބެން ކުލެން ތައްޔާރުކުރި ކޭކެކެވެ. މި ވެނީލާ ޗޮކްލެޓް ގަނާޝް ކޭކްގެ ވާހަކަ މީގެ މަސްތަކެއްކުރިން އޭނާ ފޭސްބުކްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

When you need someone turning into Cake who you gonna call!? 🍰👑 Hahaha I proper loved working on this project for…Posted by The BakeKing on Thursday, September 17, 2020

އެކަމަކު އާންމުންގެ ސަމާލުކަން މިއަށް މިހާރު ހުއްޓުނީ ބުރާސްފަތި ދުވަހު ހޮރޯ4ކިޑްސްގެ ޓްވިޓާގައި ހިއްސާކުރުމުންނެވެ.
މި ކޭކަކީ އިނގިރޭސި ރެޕާ ސްލޯތާއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ވީޑިއޯ ލަވަ “ފީލް އަވޭ” ގައި ބޭނުންކޮށްފައިވާ ކޭކެކެވެ. ބެންގެ ޕޯސްޓްގައި އެ ލަވަ ބަލާލަން ވެސް އެދިފަ އެވެ. ލަވައިގައި “އެޑްމިޓްކޮށްފައި އޮތް މީހާ” ފޮތިކޮށްގެން ކާ ތަން ދައްކަ އެވެ.





Source link

Article Categories:
Life Style

Comments are closed.