Feb 18, 2021
124 Views
Comments Off on ދިހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރަނީ!
0 0

ދިހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރަނީ!

Written by



ދިހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް އެރަށްރަށުގެ ރަށު ކައުންސިލްތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފިއެވެ.މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫއުތައް އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ޙަވާލުކުރެވުނު މަސައްކަތެކެވެ. އެގޮތުން މިފަދަ މަޝްރޫއުތައް ރަށު ކައުންސިލްތައް މެދުވެރިކޮށް ތަންފީޒުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި އެކައުންސިލްތައް ބާރުވެރިކުރުވުމެވެ.މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއިއެކު ސޮއި ކޮށްފައިވާ ކައުންސިލްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރު، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ، އަދި ގދ. ތިނަދޫއެވެ.ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ރަށު ކައުންސިލްތަކާ އެކު ސޮއި ކުރި އެމް.އޯ.ޔޫތަކުގެ ޖުމްލަ އަގަކީ 9144896.00 (ނުވަ މިލިއަން އެއްލައްކަ، ސާޅީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ހަރުފިޔާ) އެވެ. މި އެމް.އޯ.ޔޫ ގެ ދަށުން އެކައުންސިލްތަކުން ތަންފީޒުކުރާ މަޝްރޫއުތަކުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ.މީގެ ތެރޭގައި އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރ އައްޔަންކުރުމާއި އެފަރާތާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި އަދި މީގެ އިތުރުން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުސޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށު ކައުންސިލަކުންނެވެ.މި އެމް.އޯ.ޔޫގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ދައުރަކީ ކޮންމެ ރަށެއްގައި ވެސް މަޝްރޫއު ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުސޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުމެވެ. އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީ ވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި މި އެމް.އޯ.ޔޫ ތަކުގައިވަނީ ކަނޑައަޅާފައެވެ.ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށްނިމުމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފަރ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.



Source link

Article Categories:
News

Comments are closed.