ރާއްޖޭގައި އެންމެ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ލައިސަންސް ދޫކުރުމާއި ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޑރ. ސިމާދު ސައީދު އެވެ. ކޮމިޓީ ބައްދަލުވުމުގައި ސިމާދު ވިދާޅުވީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމާ ގުޅޭ ގޮތުން އޭސީސީ އިން ވަރަށް ގިނަ ފަރާތްތަކާ އެކު މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ. އެ މަޝްވަރާ ތަކުން އެއްކުރެވުނު ބައެއް މައުލޫމާތުތައް އިއްޔެ މަޖިލީހުގެ ކޮމިޓީގައި ވަނީ ހިއްސާކޮށްފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News