އަލުވިއަކީ ދިވެހިންގެ ތެރޭގައި އާންމުކޮށް ތަފާތު ކާނާ ތައްޔާރުކުރުމަށް ބޭނުންކުރާ ތަރުކާރީގެ ބާވަތެެކެވެ. އާންމުކޮށް ފިޔާ އަލުވި ފަދަ ތަކެތި ގަންނައިރު އެއްފަހަރު ބޭނުންކޮށްލާ ވަރަށް ގަތުމުގެ ބަދަލުގައި ކިލޯ ކިރައިގެން ގިނަ އަދަދަކަށް ގަނެ އެތަކެތި ގޭގައި ރައްކައުކޮށްފައި ބަހައްޓައެވެ. މިގޮތަށް ބަހައްޓާއިރު ގިނަ ދުވަހު ތާޒާކަންމަތީ އަލުވި ބެހެއްޓާނެ ގޮތެއް ބަލަން ޖެހެއެވެ.ގޭގައި އަލުވި ބައްހައްޓާއިރު ރައްކައުތެރި ތަނެއްގައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަދިގޭގެ ކަބަޑެއްގައި އަލުވި ރައްކައުކޮަށްފައި ބެހެއްޓިދާނެއެވެ. މިގޮތަށް ބަހައްޓާއިރު ބޮޑު ތައްޓެއްގައި ނުވަތަ ކަރުދާސް ކޮތަޅެއްގައި ބަހައްޓާށެވެ. ނަމަވެސް ކޮތަޅު ބަންދު ނުކޮށް އަދި ތަށީގެވެސް މަތި ނުޖަހާ ހާމައަށް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.

Article Categories:
Health