Feb 18, 2021
145 Views
Comments Off on ސުލޫކީ ފިޔަވަޅު ރިވިއުކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރު ޝަފީއު
0 0

ސުލޫކީ ފިޔަވަޅު ރިވިއުކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރު ޝަފީއު

Written by


ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތަައް އިސްތިއުނާފްކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އިންތިޚާބުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު އޮޮންނަ ގޮތުން ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ސުލޫކީ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން އިސްތިއުނާފް ކުރެވޭނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގަ އެވެ. އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރުންނެވެ. ކޮންމެ އަހަރަކު އެ މަޖިލީހަށް އާ ބޭފުޅުން އައްޔަން ކުރަން ޖެހެ އެވެ.
ހައި ކޯޓުން ބުނީ އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރު ޝަފީއު އިންތިޚާބުކުރީ މިއަދު ކަމަށެވެ. އޭގެކުރިން އެ މަޖިލީހުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ކުރިން ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ފަނޑިޔާރު ޝަފީއު ހައި ކޯޓަށް އައްޔަންކުރީ މިދިޔަ އަހަރު އެވެ.
ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތައް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ބެލުނަސް، ޖޭއެސްސީން އަޅާ ފިޔަވަޅު އެ ނޫން ގޮތަކަށް ބަދަލު ކުރުމާއި މައްސަލަ އަލުން ބެލުން ފަދަ ބާރުތަކެއް ގާނޫނު އޮންނަ ގޮތުން އެ މަޖިލީހަކަށް ނޯވެ އެވެ. އަދި ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ ނިންމުންތައް ވެސް އެ މަޖިލީހަކަށް ނުބެލެ އެވެ.



Source link

Article Categories:
News

Comments are closed.