Feb 18, 2021
162 Views
Comments Off on ޑޮލަރުގެއަގު ކޮންޓްރޯލްކުރަން ކެބިނެޓްގައި މަޝްވަރާކޮށްފި 9 1 hour
0 0

ޑޮލަރުގެއަގު ކޮންޓްރޯލްކުރަން ކެބިނެޓްގައި މަޝްވަރާކޮށްފި 9 1 hour

Written by


ޑޮލަރުގެ އަގު ކޮންޓްރޯލްކޮށް އޭގެ ކަޅު ބާޒާރު ނައްތާލުމާ ބެހޭ ގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައި މި ވަނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމުގެ ގޮތުން މަރުކަޒީ ބޭންކުން އުސޫލުތަކެއް އެކުލަވައިލާ ކެބިނެޓަށް މިދިޔަ ހަފުތާގައި ހުށަހަޅާފައި ވަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޑޮލަރުގެ އަގާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް އުސޫލުތައް އެކުލަވައިލުމަށް ދެތިން މަސް ހޭދަވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާތައް ކުރި ނަމަވެސް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން އުސޫލުތައް އެކުލަވައިލާނީ އެމްއެމްއޭއިންނެވެ. އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމުގައި އަޅަން ގަސްތުކުރާ ފިޔަވަޅުތައް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑޮލަރުގެ އަގު ކޮންޓްރޯލްކުރަން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރާއްޖޭގެ ރަސްމީ ޑޮލަރުގެ ރޭޓަށް ވުރެ މަތީގައި ހުންނަ މައްސަލައަށް ހައްލެއް ނުހޯދި އޮތް މައްސަލަ ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ޑޮލަރުގެ އަގު އެހާ މަތިވަނީ ރާއްޖެއަށް ޑޮލަރު ނުވަންނާތީ ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މާކެޓުގައި ދައުރުވަނީ ރާއްޖެއަށް ވަންނަ ޑޮލަރުގެ 20 ޕަސެންޓް ކަމަށް މި ދާއިރާގައި އުޅޭ ފަރާތްތަކުންކުރި ދިރާސާއިން އެނގޭ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމަށް އައި ހީނަރުކަމާ އެކު ޑޮލަރުގެ އަގު 20ރ. އަށް ވުރެ މައްޗަށް އެރުމަށް ފަހު އަނެއްކާ ވެސް ޑޮލަރުގެ އަގު އަންނަނީ ކަޅު ބާޒާރުގައި ދަށްވަމުންނެވެ. މިހާރު ޑޮލަރު ރޭޓު ހުރީ 18ރ. އާއި 17.80ރ. އާ ދެމެދުގަ އެވެ.



Source link

Article Categories:
Business

Comments are closed.