ދިއްލީ (ފެބްރުއަރީ 18): އިންޑިއާގެ ޕަންޖާބުގައި މިދިޔަ އާދިއްތަ ދުވަހު އެ ސްޓޭޓުގެ އަށް މުނިސިޕަލް ކޯޕަރޭޝަނަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ކޮންގްރެސް ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ އިންތިހާބުގައި ވޯޓަށް ހުޅުވާލި އަށް މުނިސިޕަލް ކޯޕަރޭޝަންގެ ތެރެއިން ހަތް ކޯޕަރޭޝަނެއްގެ އަގުލަބިއްޔަތު ހޯދީ ކޮންގްރެސް ޕާޓީންނެވެ. އެއީ ބަޓިންޑާ، ހޮޝިއާރުޕޫރު، ކަޕޫރުތަލާ، އަބޯހަރު، ބަޓާލާ، މޯގާ އަދި ޕަތަންކޮޓްގަ އެވެ. އޭގެ ތެރެއިން ބަޓިންޑާއަށް ކޮންގްރެސްގެ މޭޔަރަކު ހޮވިފައި ވަނީ ފާއިތުވި 53 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News