Feb 18, 2021
115 Views
Comments Off on ޕަންޖާބު މުނިސިޕަލް އިންތިހާބު ކޮންގްރެސް ޕާޓީން ކާމިޔާބު ކޮށްފި
0 0

ޕަންޖާބު މުނިސިޕަލް އިންތިހާބު ކޮންގްރެސް ޕާޓީން ކާމިޔާބު ކޮށްފި

Written byއިންޑިއާގެ ޕަންޖާބުގައި ކުރިޔަށް ދިޔަ މުނިސިޕަލް ކޯޕަރޭޝަނަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ކޮންގްރެސް ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.ރިޕޯޓްތައް ބުނާ ގޮތުން ޕަންޖާބުގައި ބޭއްވި އިންތިހާބުގައި މުނިސިޕަލް ކޯޕަރޭޝަނުގެ އަށް ގޮނޑިއަށް ހުޅުވާލާފައިވާއިރު، ކޮންގްރެސް ޕާޓީން ވަނީ އޭގެ ތެރެއިން ހަތް ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ ބަޓިންޑާ، ހޮޝިއާރުޕޫރު، ކަޕޫރުތަލާ، އަބޯހަރު، ބަޓާލާ، މޯގާ އަދި ޕަތަންކޮޓްގެ ގޮނޑިތަކެވެ.މި އިންތިހާބުގައި ވޯޓަށް ހުޅުވާލި އަށް ވަނަ މުނިސިޕަލް ކޯޕަރޭޝަނުގެ ވޯޓުތައް މިހާރު ގުނަމުން އަންނައިރު، ކޮންގްރެސްއަށް މިހާރު ލިބިފައިވާ ގޮނޑިތަކަކީ އެންމެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އެ ޕާޓީއަށް އަޣުލަބިއްޔަތު ނުލިބޭ ސަރަހައްދުތަކުގެ ގޮނޑިތަކެވެ. އަދި މި އިންތިހާބު ފުރިހަމަ އަޣުލަބިއްޔަތާއިއެކު ހުރިހާ ގޮނޑިއެއް ކޮންގްރެސް ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ ޕަންޖާބުގެ ޗީފް މިނިސްޓަރު އަމަރިންދަރު ސިންގްހ ވިދާޅުވީ މި އިންތިހާބުން އެނގިގެން ދިޔައީ ގައުމުގެ ރައްޔިތުންނާއި ދަނޑުވެރިންނާ ދެކޮޅު ޕާޓީތަކަށް މީހުންގެ ތާއިދު ނެތްކަން ކަމަށެވެ.ސިންގްހ މިހެން ވިދާޅުވީ އިންޑިއާގެ ޕާލިމެންޓުން މިދިޔަ ސެޕްޓެމްބަރު މަހު ފާސް ކުރި ދަނޑުވެރިކަމާބެހޭ ގާނޫނުތަކާ ގުޅިގެންނެވެ. އެ ގާނޫނުތަކާ ދެކޮޅަށް އެގައުމުގެ ދަނޑުވެރިން ދަނީ ދިއްލީ ކައިރީގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ.Source link

Article Categories:
News

Comments are closed.