އަނބިމީހާ ގާތަށް ކޮންމެ 3 މަހަކުން ދަމެވެ. ގާތުގައި 10 ވަރަކަށް ދުވަސްވެސް ހޭދަކުރަމެވެ. 3 ދަރިންނާއި އަނބިމީހާއަށް އުފަލުގައި އުޅެވޭވަރަށް ފައިސާވެސް ކޮންމެ މަހަކު ޖަމާކޮށްދެމެވެ. އަދި ރަށަށް ގޮސްހުންނައިރު ވެސް ބޭނުންވާ ކަންކަން ކޮށްދެމެވެ. މަޑުމަޑުން އަނބިމީހާގެ ޚަރަދުތައް ބޮޑުވާން ފެށިއެވެ. ދެބައިކުޅަ އެއްބައިވަރު އިތުރުވުމުން ކުޑަކޮށް ބޮލުގައި ރިއްސަން ފެށިއެވެ. މިވާގޮތެއް ބަލާނެ ގޮތެއް ވިސްނަމުންދަނިކޮށް ޚޔާލެއް ކުރެވުނެވެ. އަނބިމީހާގެ އަތުގައި އޮންނާނީ އަހަރެންގެ ކޭޝްކާޑެއްކަން ވިސްނުމަށް އައުމުންނެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Entertainment