ޤައުމީ ކުޅުންތެރިންނަކީ ޓެރަރިސްޓުން ނޫންކަން ސަރުކާރުން ޔަގީންކޮށްދޭން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ވިދާޅުވެއްޖެއެވެ.ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާ ގުޅުވައިގެން ވާހަކަތަކެއް ފަތުރާފައެވެ. އެގޮތުން އެ ކުޅުންތެރިންނަކީ ސީރިއާއަށް ޖިހާދުވާން ދިޔުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި، ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރުނެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Sports