Feb 18, 2021
183 Views
Comments Off on 18 ފެބްރުއަރީ 2021 މިކަންކަން އެނގުމުން އެއްވެސް މީހަކު ހިތްދަތިވެ މާޔޫސްވާންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!
0 0

18 ފެބްރުއަރީ 2021 މިކަންކަން އެނގުމުން އެއްވެސް މީހަކު ހިތްދަތިވެ މާޔޫސްވާންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!

Written byކަމެއް ކުރިމަތިވުމުން ގޮތް ހުސްވެ މާޔޫސްވެ ހަތަރެސްފައިން ގޯސްހެދޭ ހިސާބަށް ކަންކަންދަނީ ހަމަ އެންމެ ސުވާލެއްގެ ޖަވާބު ނުލިބޭތީއެވެ. އެއީ މިކަން މިހެން ކުރިމަތިމިވީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ސުވާލެވެ. އެސުވާލު އުފައްދުވަނީ ޝައިޠޯނާއެވެ. އަހަރެންގެ ސުވާލަކީ އެސުވާލުގެ ޖަވާބު ވަރަށް ސާފިުކޮށް އެނގެން އޮއްވައި އެސުވާލު އުފެއްދުމުގެ ފުރުޞަތު ޝައިޠޯނާއަށް ދެނީ ކީއްވެގެންހެއްޔެވެ؟ އެސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ދުނިޔޭގައި ހިނގާނެ ހުރިހާ ކަމެއް ﷲ ތައާލާ ވަނީ ކާއިނާތު އުފެއްދެވުމުގެ އެތައް އަހރެއް ކުރިންސުރެ ލިޔުއްވަވައިފައެވެ. އިންސާނަކަށް މެދުވެރިވާނެ ހުރިހާ ކަމެއް ވަނީ އެމީހަކު އުފަންވުމުގެ މާކުރިން ލިޔުއްވަވައިފައެވެ. އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.