Feb 19, 2021
170 Views
Comments Off on ހުކުރު ދުވަހު ވެކްސިން ނުޖަހާނެ، ދެން ވެކްސިން ޖަހާނީ ހޮނިހިރުން ބުރާސްފަތި ދުވަހަށް
0 0

ހުކުރު ދުވަހު ވެކްސިން ނުޖަހާނެ، ދެން ވެކްސިން ޖަހާނީ ހޮނިހިރުން ބުރާސްފަތި ދުވަހަށް

Written by



ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ދެން ވެކްސިން ޖަހާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރުން ފެށިގެން ބުރާސްފަތު ދުވަހާ ހަމައަށްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.”ދިފާޢު” ގެ ނަމުގައި ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭން ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ހުއްޓުމެއްނެތި ވެކްސިން ޖަހާތާ 18 ދުވަހަށް ފަހު މީގެ ފަހުން ހުކުރު ދަވަސްތަކުގައި ވެކްސިން ނުޖަހާނެކަން، އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރީ ދެ ހުކުރުވެސް ވެކްސިން ޖަހާފައިވާ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. އަދި ވެކްސިން ޖެހުމަށް އޮންްނަ ދަންފަޅިވެސް މަދުކަން ފާހަގަވެއެވެ. މިފަދަ ނިންމުމެއް ނިންމި ސަބަބުގެ ތަފްސީލެއް އެޗްޕީއޭއިން މިކަން ހާމަކޮށް ކުރި ޓުވީޓްގައި ހާމަކޮށްފައެއް ނުވެއެވެ.



Source link

Article Categories:
News

Comments are closed.