ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިހްތިރާމް ކުރައްވާ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ނެތް ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު ވަނީ ޖިހާދުގެ ޕާސްޕޯޓު ޕީޖީން އެދިގެން ކްރިމިނަލް ކޯޓުން ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News