Feb 19, 2021
153 Views
Comments Off on ނާސާގެ ސްޕޭސް ޝިޕް މާސްގައި ޖައްސައިފި
0 0

ނާސާގެ ސްޕޭސް ޝިޕް މާސްގައި ޖައްސައިފި

Written byނާސާއިން އިންސާނަކާ ނުލައި މާސްއަށް ފޮނުވި ޖައްވީ އުޅަނދު މާސްގައި ޖައްސައިފިއެވެ.ޕާސަވިއަރެންސް ރޯވާގެ ނަން ދީފައިވާ ފުރޮޅުލީ އުޅަނދު ލޯންޗު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނާސާއިން ވަނީ ކާމިޔާބު ކަމާއެކު އުޅަނދު މާސްގެ ޖައްވަށް ވަދެ، ބިމުގައި ޖައްސާ މަންޒަރު އެ އިދާރާގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލްގައި ދައްކާފައެވެ. އަދި އެ އުޅަނދުން ނަގާފައިވާ މާސްގެ ފޮޓޯތައް ވެސް ވަނީ އާންމުނަށް ބުރާސްފަތި ދުވަހު ދައްކާލައިފައެވެ.އުޅަނދު މާސްގައި ޖެއްސުމާއިއެކު ނާސާއިން ނެރުނު ބަޔާނުގައި ވަނީ މިއީ އެ އިދާރާއިން 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރި މަސައްކަތް ކާމިޔާބުވުން ކަމަށް ސިފަ ކޮށްފައެވެ.ޕާސަވިއަރެންސް ރޯވާއަކީ މާސްގައި މީގެ ކުރިން އެއްވެސް ދިރުމެއް އުޅުނުކަމުގެ ހެކި ހޯދަން މަސައްކަތް ކުރާ އުޅަނދެކެވެ. އެގޮތުން މާސްގައި މީގެ ތިން ބިލިއަން އަހަރު ކުރިން ފެންގަނޑެއް އޮތް ސަރަހައްދަކުން ސާމްޕަލްތައް ނަގާ، މުސްތަގުބަލުގައި ދުނިޔެއަށް ފޮނުވުމަށް ރައްކާ ކުރާނެއެވެ. އަދި އެ އުޅަނދާއެކު މާސްގައި ފުރަތަމަ ފަހަރަށް އުދުހޭނެ ކުޑަ ހެލިކަޕްޓަރެއްވެސް ފޮނުވާފައިވެއެވެ.ނާސާއިން ދަނީ މާސްއިން ސާމްޕަލްތަކެއް ދުނިޔެއަށް ގެންނަން 2026ގައި މިޝަންއެއް ލޯންޗު ކުރަން ތައްޔާރު ވަމުންނެވެ.Source link

Article Categories:
News

Comments are closed.