ރަޖަބް މަސް މިވަނީ ފެށިފައެވެ.، ކުރިއަށް އޮތީ ޝަޢްބާންމަހެވެ. ޖެހިގެން އަންނާނީ ރަމަޟާންމަހެވެ. ވީމާ އެމަހަކަށްޓަކައި މުސްލިމުން އެންމެ ބޮޑަށް އިންތިޒާރުކުރާ ރަމަޟާން މަސް މިހާރު މިވަނީ ވަރަށް ގާތްވެފައެވެ. ފާއިތުވި ރަމަމާން މަހަށް ބަލައިލުމުން މިހާށރުވެސް ލޯތަކުން އަންނަނީ ކަރުނައެވެ. ދުނިޔޭގެ ފަހުގެ ތާރީޚޫގައިވެސް ބައްދަލުވި އެންމެ ހިތާމަވެރި ރަމަޟާންމަސްކަމަށްވުމުންނެވެ. ޕާކިސްތާން ިޔަވައި ހުރިހާ ޤައުމުތަކެއްގައިހެން މިސްކިތްތައް ހުރީ ތަޅުލެވިފައެވެ. ޖަމާޢަތުގައި ނަމާދެއް ނުކުރެވެއެވެ. ރޭއަޅުކަމެއް ނުކުރެވެއެވެ. އިޢްތިކާފަކަށް ނުތިބެވެއެވެ. މިކަންކަމުން އަސަރުނުކުރި ހިތަކަށް އަސަރުކުރާނީ ކޮންކަމަކުން ހެއްޔެވެ؟
އިތުރަށް ވިދާޅުވޭ
Article Categories:
Religion