Feb 19, 2021
122 Views
Comments Off on ބުފޮން 6000 ޑޮލަރުން ޖޫރިމަނާކޮށްފި
0 0

ބުފޮން 6000 ޑޮލަރުން ޖޫރިމަނާކޮށްފި

Written by


ޓިއުރިން (ފެބްރުއަރީ 19) – ޔުވެންޓަސް އަށް ކުޅޭ އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން ދީނީ ކަމަކާ ގުޅުވައިގެން ކުޅުންތެރިއަކާ ބެހޭގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ޖޫރިމަނާކޮށްފި އެވެ.

އިޓަލީގެ ފެޑެރޭޝަނުން ނިންމީ އުމުރުން 43 އަހަރުގެ ބުފޮން 5000 ޔޫރޯ (6000 ޑޮލަރު) އިން ޖޫރިމަނާކުރި ނަމަވެސް މެޗަކަށް ސަސްޕެންޑް ނުކުުރުމަށެވެ.
މިދިޔަ ޑިސެމްބަރު 19 ވަނަ ދުވަހު ޔުވެންޓަސް އިން ލީގުގައި 4-0 އިން ޕާމާ އަތުން މޮޅުވި މެޗުގައި ޔުވެންޓަސްގެ މަނޯލޯ ޕާޓޮނޯވާއާ ދިމާލަށް ބުފޮން ވަނީ ދީނީ ގޮތުން ބަލާއިރު ގޮތުން ބޭއަދަބީ އިޝާރާތެއް ދެއްކުމަށް ފަހު ވާހަަކަތަކެއް ދައްކައިފަ އެވެ. ކެމެރާ އިން އެ މަންޒަރު ފެނިފައިނުވި ނަމަވެސް އެ ވާހަކަތަކުގެ އޯޑިއޯ ރެކޯޑިން އެއް ވަނީ އިޓަލީގެ ފެޑެރޭޝަނަށް ލިބިފަ އެވެ. އެ ރެކޯޑިން އަޑުއެހުމަށް ފަހު ބުފޮން އަށް އަދަބުދޭން ފެޑެރޭޝަނުން ނިންމީ އެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ކުޅުންތެރިއަކު ދީނަށް ފުރައްސާރަކޮށް ނޫނީ އެ ފަދަ މޭރުމަކުން ކުޅުންތެރިން ވާހަކަ ދައްކާނަމަ އަދަބު ދެމުންނެވެ. ފަހަކަށް އައިސް މެޗުތަކުގައި ކުޅުންތެރިންނާއި ކޯޗުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ ބަހުގެ ހަަމަލާ ބަދަލުކުރާ ވަގުތުތަކުގައި ދައްކާ އެ ފަދަ ވާހަކަތަކުގެ އޯޑިއޯ އިޓަލީގެ ފެޑެރޭޝަނުން އަންނަނީ ވަރަށް ރަނގަޅަށް އަޑުއަހަމުންނެވެ. އެހެންވެ އަދަބު ދޭ ކުޅުންތެރިންގެ އަދަދު ވެސް ކުރިއާ ބަލާއިރު އިތުރެވެ.
މި ސީޒަނުގައި އެ ފަދަ ކަންތައްތަކެއްގެ ސަބަބުން ރޯމާގެ ކްރިސްޓަންޓޭ އާއި ލާޒިއޯގެ މެނުއަލް ލަޒާރީ ވަނީ އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
އިޓަލީ ފެޑެރޭޝަނުން އަންނަނީ ދާދި ފަހުން އިޓާލިއަން ކަޕްގައި އިންޓަ އާއި އޭސީ މިލާން ކުޅުނު މެޗުގައި ރޮމެލޫ ލުކާކޫ އާއި ޒްލަޓާން އިބްރަހިމޮވިޗް ދެމެދުގައި ހިނގާދިޔަ ހަަމަނުޖެހުންތަކުގައި ދެ ކުޅުންތެރިން ދެއްކި ވާހަކަތައް އަޑު އަހަމުންނެވެ. އަދި މިދިޔަ ހަފްތާގައި އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެލީއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމެއްގެ ރެކޯޑިން އެއްވެސް ދިރާސާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.Source link

Article Categories:
Sports

Comments are closed.