Feb 19, 2021
141 Views
Comments Off on ކުންފުނި ކުރިއަރާވަރަކަށް ދިވެހިންނަށް ވަޒީފާ އިތުރުވާނެ 2 hr
0 0

ކުންފުނި ކުރިއަރާވަރަކަށް ދިވެހިންނަށް ވަޒީފާ އިތުރުވާނެ 2 hr

Written by


ކުންފުނި ކުރިއެރިވަރަކަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ކަމަށްވާ އެންސިސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ވަސީމް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިންނަށް މަންފާ ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތާނގައި ވެސް މުޖުތަމައަށް ފައިދާ ހުރި ކަންތައް އެ ކުންފުނިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސް އިން ވަނީ އެ ކުންފުނިން އެންމެ ފަހުން ހުޅުމާލޭގައި ހުޅުވި ފެކްޓްރީން ވެސް ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާ ދީފަ އެވެ. މީގެ ތެރޭގައި ޕާޓް ޓައިމް ކޮށް މަސައްކަތް ކުރަން ބޭނުންވާ އަންހެނުން ވެސް ހިމެނެ އެވެ.
ވަސީމް ވިދާޅުވީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސްމާލު ކަމަށެވެ. އަދި އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ވެސް އެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
“މި ކުންފުނި މި އުސްމިނަށް ގެނައުމަށް ދުވާލާ ރޭގަނޑު އެންމެ ބޮޑަށް މަސައްކަތް ކުރި ބަޔަކީ އަޅުގަނޑުގެ ރަހުމަތްތެރިން ފަދަ މުވައްޒަފުން. ކޮވިޑް-19ގެ ތެރޭގައި ވެސް އަޅުގަނޑުގެ މުވައްޒަފުން ދެއްކީ ފުރިހަމަ ނަމޫނާއެއް. މިކަމާ އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ،” ވަސީމް ވިދާޅުވި އެވެ.
އެންސިސް އިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރަމުން އަންނަނީ އެމެރިކާ އާއި ޔޫރަޕަށެވެ. އެ ދެ ސަރަހައްދުގައި އެ ކުންފުނީގެ އުފެއްދުންތަކާއި މަހުގެ ބާވަތްތަކަށް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފަ އެވެ.
ވަސީމް ވިދާޅުވިގޮތުގައި މިހާރު ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކުގެ 50 ޕަސެންޓަކީ އެ ކުންފުނިން ބޭރު ކުރާ އުފެއްދުމެވެ. އެގޮތުން، މަހެއްގެ މައްޗަށް 300 ޓަނުގެ މަހުގެ އުފެއްދުން ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯޓު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.



Source link

Article Categories:
Business

Comments are closed.