Feb 19, 2021
265 Views
Comments Off on އައިނު އަޅާ މީހުންނަށް ފަސޭހަ މާސްކެއް ނެރެފި
0 0

އައިނު އަޅާ މީހުންނަށް ފަސޭހަ މާސްކެއް ނެރެފި

Written by


ކޮވިޑް-19 ގެ ރައްކާތެރި ކަމަށް މިހާރު މާސްކަކީ ކޮންމެހެން ވެސް އަޅަން ޖެހޭ އެއްޗެކެވެ. އެކަމަކު ކޮންމެ ކޮންމެ ވައްތަރެއްގެ މާސްކެއް އަޅައިގެން ހުރެ، އައިނު އަޅައިގެން ހުރުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ވަކިން ހާއްސަކޮށް އަބަދު އައިނު އަޅައިގެން އުޅޭ މީހުނަށް މިއީ ދަތިކަމަކަށްވެ އެވެ އެއީ މާސްކާ ހެދި އައިނުގެ ލެންސްގައި ފުސް ހެދުމާއި އައިނު އަޅައި، ނެގުމުގައި ވެސް އުނދަގޫތަކެއް ހުރުމެވެ.

އެހެންވެ މި މައްސަލަތަކަށް ހައްލެއް ހޯދައި ދިނީ ކުޅިވަރު ސާމާނު އުފައްދާ އޯކްލީންނެވެ. އެ ކުންފުނިން މިހާރު ވިއްކަމުން އަންނަ “މާސްކް3” އަކީ އައިނު އަޅާ މީހުންނަށް ވަރަށް ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ މާސްކެކެވެ.
ތަކުރާރުކޮށް ބޭނުންކުރެވޭ މި މާސްކްގެ މަތީ ބައި އިންނަނީ އައިނުގެ ތިރީ ދުނި މާސްކްގެ މަތީ ފަށަލައާ “އިންޓަގްރޭޓެޑްވާ” ގޮތަށް އެޖެސްޓްކުރެވޭ ގޮތަށެވެ. އެހެންވެ އައިނު އެޅުމާއި ނެގުމަށް ވެސް ފަސޭހަވާނެ އެވެ. މިސާލަކަށް، އައިނު އަޅައިގެން ހުރެ މާސްކް ނެގިޔަސް ވެއްޓުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ.
މި މާސްކްގެ ހާއްސަ އަނެއް ސިފަ އަކީ މީގައި ހުންނަ ފިލްޓްރޭޝަންގެ ސަބަބުން، ނޭވާލާއިރު ނުކުންނަ ވަޔާ އެކު އައިނު ފުސް ނުވުމެވެ.

View this post on Instagram A post shared by Oakley (@oakley)

އޯކްލީން ބުނީ “މާސްކް3” ފަރުމާކުރުމުގައި ބެލީ ގިނަ އިރު އަޅައިގެން ހުންނަ އިރު، ވީހާ ވެސް ބޮޑަށް ފަަސޭހަކޮށްދޭ ގޮތަށެވެ. އެހެންގެ ފިލްޓްރޭޝަންގެ ސަބަބުން އިތުރު ލުއިތަކެއް ގެނެސްދޭނެ އެވެ. ހޫނުވާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަކޮށް ދޭނެ އެވެ. މާސްކް އަޅައިގެން ހުންނަ އިރު އެންމެ އާންމުކޮށް ދިމާވާ މައްސަލަ އަކީ ވެސް އެއީ އެވެ.
“މާސްކް3” ގެ އަގަކީ 60 ޑޮލަރު (924ރ.) އެވެ. އަދި މި މާސްކްގެ ފިލްޓަރު ގަންނަން ބޭނުން ނަމަ ވަކިން ވެސް ގަންނަން ލިބޭނެ އެވެ. އޯކްލީގެ ވެބްސައިޓުންނާއި އެމެޒޯނުން ވެސް މާސްކް ގަންނަން ލިބޭނެ އެވެ.



Source link

Article Categories:
Life Style

Comments are closed.