Feb 19, 2021
145 Views
Comments Off on އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ވާހަކަ ސިޓީ ކައުންސިލުން ދޮގު ކޮށްފި
0 0

އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ވާހަކަ ސިޓީ ކައުންސިލުން ދޮގު ކޮށްފި

Written byމާލޭގެ އާސަހަރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ ޗެނެލް 13 އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން އެކަން ކުށްވެރިކޮށް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ބުނެފިއެވެ.މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗެނަލް 13 އިން ބުރާސްފަތި ދުވަހު މާލޭގެ އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއް އެ ސަހަރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓަކީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި ހިލާފަށް، ކަމުގެ ހަގީގަތް ނުބަލާ، އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސިޓީ ކައުންސިލް ބަދުނާމުވާހެން ނެރެފައިވާ ދޮގު ރިޕޯޓެއް ކަމަށެވެ.ސިޓީ ކައުންސިލުން ބުނީ ޗެނަލް 13 އިން ގެނައި މި ރިޕޯޓާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި މެދު ރައްޔިތުންނަށް އޮތް އިތުބާރު ނަގާލުމަށާއި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އަދި މިއީ ސިޓީ ކައުންސިލުން ހިތާމަ ކުރާ ކަމެއް ކަމުގައެވެ.ސިޓީ ކައުންސިލުން އިތުރަށް ބުނީ މި ރިޕޯޓް ޗެނަލް 13 އިން ގެނަސްފައިވާއިރު ސިޓީ ކައުންސިލްގެ ބަހެއް ހިމަނާފައި ނުވާ ކަމަށާއި، މިއީ މަކަރުވެރި ދޮގު މައުލޫމާތު ފެތުރުމަށް ޗެނަލް 13 އިން ކޮށްފައިވާ ޒިންމާދާރުކަން ކުޑަ މުޑުދާރު އަމަލެއް ކަމުގައެވެ.ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނާއި ގުޅޭ މިފަދަ ހައްސާސީ މައްސަލަތައް ގެނައުމުގައި ހަގީގަތާއި ހިލާފު މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައިފައެވެ.Source link

Article Categories:
News

Comments are closed.