Feb 19, 2021
165 Views
Comments Off on އެކްޓަރު މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް
0 0

އެކްޓަރު މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް

Written by


އިންޑިއާގެ އެކްޓަރު އާރް މާދްވަން އިންޑިއާގެ ސިނަމާ އަށް ކޮށް ދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަކޮށް އޭނާ އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް ދީފި އެވެ.

އާންމުކޮށް ތަމަޅަ އާއި ހިންދީ ބަހުން ހަދާ ފިލްމުތަކުގައި މަސައްކަތްކުރާ 50 އަހަރުގެ އެކްޓަރަށް ލިބިފައި ވަނީ ކޯލަޕޫރްގައި ހިންގާ ޑީވައި ޕަޓިލް އެޑިއުކޭޝަން ސޮސައިޓީގެ ޑިގްރީ އޮފް ޑޮކްޓަ ލެޓާޒްގެ ޝަރަފެވެ.

ޑީވައި ޕަޓިލް އެޑިއުކޭޝަން ސޮސައިޓީގެ ބޯޑުން މާދްވާން އަށް އެ ޝަރަފު ދޭން ނިންމީ އާޓްގެ ދާއިރާ އިން ސިނަމާ އަށް ކޮށްދޭ ހިދުމަތްތަކާ ގުޅިގެންނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މާދްވަން އަކީ އެކްޓަރެއްގެ އިތިރުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ރައިޓަރެކެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި “ރެހެނާ ހޭ ތޭރޭ ދިލް މޭ” އާއި “ރަންގް ދެ ބަސަންތީ” އާއި “3 އިޑިޓްސް” އަދި “ތަނޫ ވެޑްސް މަނޫ” ހިމެނެ އެވެ.

މާދްވަން އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2018 ގެ “ޒީރޯ” އެވެ.

އޭނާގެ މި ފަހުން ރިލީޒްވި ތަމަޅަ ފިލްމުތަކުގެ ތެރޭގައި ދާދި ފަހުން ރިލީޒްކުރި “މާރާ” އާއި “ވިކްރަމް ވޭދާ” ފަދަ ފިލްމުތައް ހިމެނެ އެވެ.

މާދަވްގެ ކުރިއަށް އޮތް ތަމަޅަ ފިލްމަކީ އޭނާ ޑައިރެކްޓްކޮށް، ކުޅެ އަދި ޕްރޮޑިއުސް ވެސް ކޮށް ގެނެސްދޭ ބައޮގްރަފިކަލް ޑްރާމާ “ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް” އެވެ.





Source link

Article Categories:
Entertainment

Comments are closed.