Feb 19, 2021
110 Views
Comments Off on އޮޕަރޭޝަނަށް ފަހު ރިޒޭ ވަރުގަދަ އަޒުމެއްގައި
0 0

އޮޕަރޭޝަނަށް ފަހު ރިޒޭ ވަރުގަދަ އަޒުމެއްގައި

Written by


ވާތު ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން އީގަލްސް އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ވަނީ އިއްޔެ އޮޕަރޭޝަން ކޮށްފަ އެވެ. އަނިޔާއާ އެކު ރިޒޭގެ ސީޒަން ގާތްގަނޑަކަށް ނިމިފައިވާއިރު، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ތާރީހެއް ސީދާ ބުނަން ނޭނގެ އެވެ.

ރިޒޭ ބުނީ އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަ ކޮށް ކަމަށެވެ.
“އޮޕަރޭޝަނަށް ފަހު ދެން އޮތީ ރިހެބިލިޓޭޝަން. އެ އަށް ފޯކަސް ކޮށްގެން ވީ އެންމެ ރަނގަޅަށް މަސައްކަތްކޮށް. ކުރިއަށް ވުރެން ވަރުގަދަކޮށް އެނބުރި އައުން އެއީ އުއްމީދަކީ،” މިދިޔަ ދެ ތިން އަހަރު ފުރަތަމަ ޑިވިޝަނުގައި އެއް ލެވަލެއްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ރިޒޭ ބުންޏެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިން ވަނީ އަނިޔާއިން ރަނގަޅުވެ ވީ އެންމެ އަވަހަށް ރިޒޭ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރިޒޭ އަށް ހާއްސަކޮށް ޕޯސްޓްތަކެއް ކޮށްފަ އެވެ.
ރިޒޭގެ ކަކުލަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހު ހަތަރު ވަނަ ދުވަހު ލީގުގައި ވެލެންސިއާ އަތުން 2-0 އިން އީގަލްސް ބަލިވި މެޗުގަ އެވެ. ރިޒޭ އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ދާދި ފަހުން އޭޑީކޭގައި ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އާއި ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު ނާވީ މުހައްމަދުގެ ވެސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

އޮޕަރޭޝަނަށް ފަހު ރިޒޭ.– ފޮޓޯ: ކްލަބް އީގަލްސް

އުމުރުން 25 އަހަރުގެ ރިޒޭ މި ސީޒަންގައި އީގަލްސް އިން އެފްއޭ ޗެރިޓީ ޝީލްޑް މެޗު އުފުލާލި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ހެދި ޓެސްޓްތަކުން އެނގުނީ ރިޒޭގެ ކަކުލުގެ މެނިސްކަސް އަށް އަނިޔާވެފައިވާ ކަމެވެ. ލީގުގައި ފުރަތަމަ އީގަލްސް ކުޅުނު މެޗުތަކުގައި ރިޒޭ ނުކުޅެ އެވެ. އެކަމަކު އީގަލްސްގެ ތިން ވަނަ މެޗުގައި އަނިޔާއިން ކޮންމެވެސް ވަރަކަށް ރިކަވާވެގެން ދަ ގްރާންޑޭއާ ދެކޮޅަށް ރިޒޭ ކުޅުނެވެ. ރިޒޭ އަށް އަނިޔާވީ ޖެހިގެން އައި ވެލެންސިއާ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

Rizey ah serious aniyaa eh! mivee kihine?
The most trusted news source in the Maldives

Mihaaru

ކ. ދިއްފުށްޓަށް އުފަން ރިޒޭ އެންމެ ފުރަަތަމަ ފާހަގަވާން ފެށީ ކްލަބަކާ ނުގުޅެނީސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގަ އެވެ. ފަހުން ކްލަބް އީގަލްސްއާ 2014 ވަނަ އަހަރު ފަހު ކޮޅު ސޮއިކުރުމަށް ފަހު އޭނާ އެ ޓީމަށް އަންނަނީ އަހަރަކަށް ފަހު އަހަރެއް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ކްލަބް އީގަލްސް އިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ގޯލުޖެހި ރިޒޭ އަކީ އެ ކްލަބްގެ ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިއެކެވެ. އެއީ އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި މިހާތަނަށް ލިބުނު ބޮޑު ކާމިޔާބީ ހޯދި ލަނޑު ޖެހުމުންނެވެ.
މިދިޔަ ދެ ސީޒަން ވެސް ރިޒޭ އަށް ހާއްސަވާ އެއް ސަބަބަކީ ކޮންމެ ސީޒަނެއްގައި އޭނާ ވަނީ ލީގުގައި އަށް ހެޓްރިކް ހަދައިފަ އެވެ. ކެރިއަރުގައި ޖުމްލަ އެކު މިހާތަނަށް ވަނީ 20 ހެޓްރިކް ހަދައިފަ އެވެ. އަދި 2018 ވަނަ އަހަރު ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ރިޒޭ ވަނީ ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ.



Source link

Article Categories:
Sports

Comments are closed.