Feb 19, 2021
157 Views
Comments Off on ވަގުތަކީ ޖަވާހިރެއް
0 0

ވަގުތަކީ ޖަވާހިރެއް

Written by


Views: 2155 81

އަހުމަދަކީ ދަނޑުވެރިއެކެވެ. މުޅި ރަށުގައިވެސް އެންމެ ކާމިޔާބު ދަނޑުވެރިޔަކީ އަހުމަދުއެވެ. އަހުމަދުގެ ދަނޑުގައި އެކި ބާވަތުގެ ގޮވާން އުފެދެއެވެ. އޭގެތެރެއިން މިރުސް، ލުބޯ، ބަބުކެޔޮ، ފަޅޯ، ކައްޓަލަ، ޖުމްހުރީ މޭވާ، ކަރާ، ފޭރު، ހިކަނދިފަތް، އަދި ރާނބާފަތްވެސް ހިމެނެއެވެ. ދަނޑުވެރިކަމުގައި އަހުމަދު އެހާ ކާމިޔާބު ވިޔަސް އޭނާޔަށް ވަރަށް އުދަނގޫ ކުރުވާ އެއް ކަމެއްވެއެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު ދޫނިތަކެއް އައިސް އަހުމަދު ހައްދާފަހުންނަ އެއްޗެހި ކައިހަދަކަމެވެ.
ދަނޑުން ހައްދާ ބާވަތްތަށް ވިއްކައިގެން ވަރަށް ރަގަޅު އާމްދަނީއެއް އަހުމަދަށް ލިބެއެވެ. ނަމަވެސް މީނާ މި ފައިސާގެ ބޭނުން ހެޔޮގޮތުގައި ދުވަހަކުވެސް ނުހިފައެވެ. ޒަކާތް ނުނެރި ސަދަގާތް ދީ ހެދުމަކީ އަހުމަދު ދެކޭގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމުގައެވެ.
އެއްދުވަހަކު އަހުމަދު ފަސްގަނޑު ކޮންނަމުން ދަނިކޮށް ވަރަށް ހަރު އެއްޗެއްގައި އުދަލި ޖެހުނެވެ. އެއީ ކޮންއެއްޗެއްތޯ ބެލުމަށް އެ ހިސާބު ތަންކޮޅެއް ބޮޑަށް ކޮނުނެވެ. ބިމު އަޑިން އަހުމަދު ބޮޑު ފޮށްޓެއް ނެގިއެވެ. އަހުމަދު ހީކުރީ އެއީ ބޮޑު ރަން ފޮށްޓެއް ކަމަށެވެ. އެހެންކަމުން އުފަލުން އެ ފޮށި ހުޅުވާލިއެވެ. ނަމަވެސް އެއީ ރަންފޮށްޓެއް ނޫނެކެވެ. ފޮށި ފުރާލާ ހުރީ ކަޅު ގާތަކެކެވެ. އެ ގާތަށް ފެނުމުން އަހުމަދު ހިތަށް އެރިއެވެ. “އަހަރެންގެ ދަނޑުގޮވާންތަށް ކާން އަންނަ ދޫނިތަށް ފައްސާލަން މީ ރަގަނޅު ހަތިޔާރެކެވެ.
ޖެހިގެން އައި ދުވަހުވެސް އެއްކަލަ ދޫނިތަށް އައެވެ. ދޫނިތަށް އައުމުން އަހުމަދު އެއްކަލަ ގާތަށް އުކަން ފެށިއެވެ. އަހުމަދު ގާތަށް އުކަމުން ދަނިކޮށް އެ ހިސާބު ކައިރިން ޖަވާހިރު ވިއްކާ މީހަކު އޭނަގެ ޖަވާހިރުތަށް ވިއްކަމުން ދިޔައެވެ. އަހުމަދު ދޫނިތަކަށް އެއްލި ގަލެއްގޮސް އެ މީހާގެ ކުރިމަށްޗަށް ވެއްޓުނެވެ. އެ ގައު ނެގުމަށްފަހު އެ މީހާ އަހުމަދު ގާތަށް އައިސް ކޮންމެ ގަލެއް 500 ރުފިޔާއަށް ގަނެފާނެކަމަށް ބުންޏެވެ. އެ މީހާ މިހެން ބުނުމުން އެ މީހާ އަކީ މޮޔަ މީހެއް ކަމަށް އަހުމަދު ހީކޮށް ދޫނިތަށް ފައްސާލުމުގައި އެ’ގާ’ތައް އުކަމުން ގެންދިޔައެވެ.
ޖަވާހިރު ވިއްކާ މީހާ ދެވަނަ ފަހަރަށް އަހުމަދު ގާތު އެއިން ކޮންމެ ގައުކޮޅެއް 1000 ރުފިޔާއަށް އޭނައަށް ވިއްކުމަށާއި އެ ގާތަކަކީ ވަރަށް އަގުބޮޑު ޖަވާހިރު ކަޅު ގައު ތަކެއްކަން ބުންޏެވެ. މި މީހާ މިހެން ބުނުމުން އަހުމަދު ގައު އުކުން ހުއްޓާލުމަށްފަހު ފޮށި ތެރެ ބަލާލިއިރު ބާކީ އެންމެ ގައުކޮޅެއްވެސް ނެތެވެ. އަހުމަދަށް މި އުކާލެވުނީ ކިހާ އަގުބޮޑު އެއްޗެއްކަމާއި މެދު ދެރަވެ ރޯންފެށުނެވެ.
އަހުމަދު އުކި މި އަގުބޮޑު ގައުތަށް ފަދައިން ވަގުތުގެ ކޮންމެ މިނިޓެއް އަދި ސިކުންތަކީވެސް އެހާމެ އަގުހުރި އެއްޗެކެވެ. އަހުމަދު ގައު އުކި ފަދައިން މިއަދު އަހަރުމެން ވަގުތު ބޭކާރު ގޮތުގައި ހޭދަކުރަނީއެވެ. އެ އަގުބޮޑެތި ގައުކޮޅުތަށް އަހުމަދު އެއްވެސް ގޮތެއް ނުބަލައި އުކައި ހުސްކުރުމުން އޭގެ ބޭނުން ޖެހުނުއިރު އެންމެ ގައުކޮޅެއްވެސް އަހުމަދު އަތަކު ނެތެވެ. ހަމަ އެގޮތަށް ބޭކާރު ގޮތުގައި ހޭދަކުރާ ވަގުތަކީވެސް އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.
އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހޭދަކުރާށެވެ. ނޫނީ ފަހުން ރޯން ޖެހިދާނެއެވެ.

ކެޓެގަރީ: ކުރުވާހަކަ އިބުރަތްތެރި ވާހަކަ

Views: 2155

ޚިޔާލު ފޮނުއްވާ ކެންސަލް

މަސްދަރު

Article Categories:
Stories

Comments are closed.