Feb 19, 2021
95 Views
Comments Off on ވެކްސިނަށް ފަހު ސިއްހީ މައްސަލައެއް ދިމާނުވަންޏާ ލޭ ހަދިޔާކުރެވޭނެ: އެޗްޕީއޭ
0 0

ވެކްސިނަށް ފަހު ސިއްހީ މައްސަލައެއް ދިމާނުވަންޏާ ލޭ ހަދިޔާކުރެވޭނެ: އެޗްޕީއޭ

Written by


ވެކްސިން ޖެހުމަށް ފަހު ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާ ނަމަ ލޭ ހަދިޔާކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ވެސް މިހާރު އަންނަނީ ވެކްސިން ޖަހަމުންނެވެ. މި މަހުގެ 1 ވަނަ ދުވަހު ވެކްސިން ޕްރޮގްރާމް ފަށައި ރެއާ ހަމައަށް 64،048 މީހަކަށް ވެކްސިން ދީފައިވެ އެވެ.
ވެކްސިން ދޭން ފެށުމުން ލޭ ލިބުމުގައި ބޮޑެތި ހުރަސްތަކެއް ދިމާވެދާނެ ކަމަށް، ލޭ އަޅާ ބައެއް މީހުން ދިޔައީ ބުނަމުންނެވެ.
ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރަން ކުންފުނިތަކާއި އޮފީސްތަކުން ހާއްސަ މުނާސަބަތުތަކާ ގުޅުވައި ކޭމްޕުތައް ބާއްވަ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ލޭ ލިބުމުގައި ދަތިތައް ދިމާވި ކަމަށް ތެލެސީމިއާ ސެންޓަރުން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮވިޑު ވެކްސިން ޖެހުމަށްފަހު ބައެއް ބޭފުޅުން ހުންއައިސް، ގައިގަރިއްސާ ވަރުބަލިކަން ދެތިން ދުވަހު ހުންނާތީ، ލޭ ދިނުން ރަނގަޅީ މިކަންތައްތަކަށް ބަލާލަން 3 ދުވަސްވަރު މަޑުކޮށްލާފައިއެހެންނޫނީ ލޭ ދިނުމަށްފަހު މާ ވަރުބަލިވެދާނެމިއީ ލޭ ދޭފަރާތަށްޓަކާ، ލޭއަޅާ ފަރާތަށް ގެއްލުމެއްނުވާނެ https://t.co/0rCMKD7VK2— Ahmed Faisal (@Faisalnaifaru) February 19, 2021

އިމިއުނިޒޭޝަން ޕްރޮގްރާމްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ހެޑް، ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމަށްފަހު ބައެއް މީހުން ދެ ތިން ދުވަހު ހުންއައިސް، ގައިގައި ރިއްސާ ވަރުބަލިވެފައި ހުންނަ ކަމަށެވެ. އެހެންވެ ލޭ ދިނުން އެންމެ ރަނގަޅަކީ އެފަދަ ކަމެއް ދިމާވޭތޯ ބެލުމަށް ތިން ދުވަސްވަރު މަޑުކޮށްލުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.
“އެހެން ނޫނީ ލޭ ދިނުމަށްފަހު މާ ވަރުބަލިވެދާނެ. މިއީ ލޭ ދޭ ފަރާތަކަށްޓަކާ، ލޭ އަޅާ ފަރާތަށް ގެއްލުމެއް ނުވާނެ،” ޑރ. ފައިސަލްގެ ޓްވީޓުގައި ވެ އެވެ.



Source link

Article Categories:
News

Comments are closed.