Feb 19, 2021
124 Views
Comments Off on ވެކްސިނުން ކުރާ އަސަރު ދެކުނު އެފްރިކާގެ ވޭރިއަންޓުގައި ކުޑަ: ފައިޒަރ
0 0

ވެކްސިނުން ކުރާ އަސަރު ދެކުނު އެފްރިކާގެ ވޭރިއަންޓުގައި ކުޑަ: ފައިޒަރ

Written byފައިޒަރއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިން، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ ގޮތް ބެލުމަށް ލެބޯޓްރީގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން، އެވެކްސިނުން ވައިރަސް އާ ދެކޮޅަށް އުފައްދައިދޭ އެންޓިބޮޑީސް މަދުކޮށްދޭކަމަށް އެކުންފުނިތަކުން ބުނެފިއެވެ.ފައިޒަރއިން ބުނީ ދެކުނު އެފްރިކާގެ ވޭރިއަންޓުގައި ވެކްސިނުން ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ތިންބައިކުޅަ ދެ ބައި ކުޑަކޮށްދޭކަމަށެވެ. އަދި ފައިޒަރ ވެކްސިންގެ ޝޮޓުން ވައިރަސްގެ މިޔުޓޭޝަންތަކާއި ދެކޮޅަށް މަސައްކަތްކުރާ މިންވަރު އަދި ސާފުނުވާކަމަށް ފައިޒަރ އިން ބުނެއެވެ.އެހެންނަމަވެސް މިދިރާސާއިން ދައްކާގޮތުގައި ވެކްސިނުން، ވައިރަހުން އިންސާނާގެ ހަށިގަނޑަށް ދޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ. ލެބޯޓްރީގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން މި ނަތީޖާތައް ދެއްކިނަމަވެސް އަދި މިހާތަނަށް އައިއިރު ކުރިޔަށް ގެންދިޔަ ހިޔުމަން ޓްރެއަލްއަކުން ވެކްސިނުން ކުރާ އަސަރު ކުޑަކޮށްދޭކަން ހޯދިފައިނުވާކަމަށް އެކުންފުނިތަކުން ބުނެއެވެ.އެހެންނަމަވެސް މިކުންފުނިތަކުން އަންނަނީ މިހާރު އުފައްދާފައިވާ ވެކްސިން އިތުރަށް ތަރައްޤީކޮށް އިތުރު ޝޮޓްތައް އުފެއްދުމަށް އިންވެސްޓްމަންޓްތައް ކުރަމުންނެވެ.މިދިރާސާކުރިޔަށް ގެންދިޔުމަށްޓަކައި މިކުންފުނިތަކުގެ ސައިންސްވެރިންނާއި ޔުނިވަރސިޓީ އޮފް ޓެކްސަސް މެޑިކަލް ބްރާންޗުން ވަނީ ދެކުނު އެފްރިކާގެ ވޭރިއަންޓްގައި ހުރި ސްޕައިކް ލެބޯޓްރީއެއްގައި އުފައްދާފައެވެ.އެއަށްފަހު މިވައިރަސް ވެކްސިން ދީފައިވާ އެކި މީހުންގެ ހަށިގަނޑުން ނަގާފައިވާ ލޭގެ ސާމްޕަލާ އެއްކުރިއެވެ. އެއަށްފަހު ބެލިބެލުމުން އެނގުނީ ވައިރަހުން ކުރާ އަސަރު ކުޑަކުރުމުގެ ނިސްބަތް ތިންބައިކުޅަ ދެބައި އާންމު ކޮވިޑް ވައިރަހާ އަޅާކިޔާއިރު ދަށްކަމެވެ.ލެބޯޓްރީގައި ކުރިޔަށް ގެންދެވުނު މިދިރާސާއިން އަދި ދެކުނު އެފްރިކާގެ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ސީދާ ދެނެގަނެފައިނުވާކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންކަމުން އަދި އިތުރު ދިރާސާތަކެއް ކޮށްގެން އެންޓިބޮޑީސް އުފައްދައިދޭ މިންވަރާއި އެދަށްކުރާ މިންވަރު ބަލާނެކަމަށް ސައިންސްވެރިން ބުނެއެވެ.ފައިޒަރއާއި ބަޔޯއެންޓެކުން ބުނެފައިވަނީ ހަމަމިފަދަ ދިރާސާއެއް ބްރެޒިލްއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓްގެވެސް ކުރަމުން އަންނަކަމަށެވެ. އެދިރާސާވެސް ކުރަމުން އަންނަނީ ލެބޯޓްރީގައެވެ.Source link

Article Categories:
News

Comments are closed.