އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރުގެ ދަތުރުފުޅާ ގުޅިގެން މާލޭގެ ގިނަ ސަރަޙައްދުތަކެއް ބަންދުކުރަން ނިންމައިފިއެވެ.ހުކުރު ދުވަހު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ މާލޭގެ ގިނަ ސަރަޙައްދުތަކެއްގައި އުޅަނދުތަކުގައާއި ހިނގާފައި އުޅުން މަނާވާނެކަމަށެވެ. ހޮނިހިރު ދުވަހު ބައެއް ވަގުތުތަކުގައި ބްރިޖުން ފެށިގެން ކަޅުތުއްކަލާކޮށްޓާއި ހަމައަށް އަދި ބްރިޖުން ފެށިގެން ހުޅަނގަށް ޖުމްހޫރީ މައިދާނާ ހަމައަށް މާލޭގެ ބޭރު މަގު ބަންދުވާނެއެވެ. އަދި މިމަގުތަކާއި ގުޅިފައިވާ ގޯޅިތައް ވެސް ބަންދުވާނެއެވެ.
Source link
Article Categories:
News