Feb 19, 2021
119 Views
Comments Off on މިޔަންމާގެ މުޒާހަރާއެއް ތެރެއަށް ބަޑި ޖެހުމުން ޒަހަމްވި މީހަކު މަރުވެއްޖެ
0 0

މިޔަންމާގެ މުޒާހަރާއެއް ތެރެއަށް ބަޑި ޖެހުމުން ޒަހަމްވި މީހަކު މަރުވެއްޖެ

Written by



ނޭޕިޑޯ (ފެބްރުއަރީ 19): މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މި މަހުގެ ނުވައެއްގައި ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ޒަހަމްވި 20 އަހަރުގެ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި މާޔާ ތުވޭ ތުވޭ ކުއަންގް މަރުވީ އޭނާގެ ބޮލަށް ވަޒަނެއް އެރުމުގެ ސަބަބުން ލައިފް ސަޕޯޓުގައި އޮއްވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެންކަމުން އޭނާ އަކީ މި މަހުގެ އެކެއްގައި އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް ބާއްވަމުންދާ މުޒާހަރާތަކުގައި މަރުވި ފުރަތަމަ މީހާ އެވެ.



އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.