Feb 19, 2021
131 Views
Comments Off on ފައިނުގައި ފަސް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ
0 0

ފައިނުގައި ފަސް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ

Written by


ރ. ފައިނުގައި މޫދަށް އެރި އުޅުނު ފަސް އަހަރުގެ ކުޑަކުއްޖަކު، ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފައިނު ކައުންސިލުން ބުނިގޮތުގައި ކުޑަ ފިރިހެން ކުއްޖާ އެ ރަށު އަތިރިމަތީގައި އުޅުނީ އެ އުމުރުފުރައިގެ ދެ ތިން ކުއްޖަކާއެކުގައި ކުޅެންށެވެ. އެކަމަކު ކުޑައިރުކޮޅެއް ފަހުން ކުއްޖާ ވީނުވީ ތަނެއް ނޭނގި ގެއްލުނީ ކަމަށާއި ފެނުނީ، ހޯދަމުން ދަނިކޮށް މޫދުގެ އަޑީގައި މަރުވެފައި އޮއްވާ ކަމަށް ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި ކުޑަކުއްޖާ ފެނުނީ، ރައްޔިތުން ނިކުމެ އެ ކުއްޖާ ހޯދާތާ ބައިގަޑިއިރެއްހާއިރު ފަހުން، 5:35 ހާއިރު އެވެ.
“މީހުން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދު އަތިރިމަތީގައި ކުޅެން ތިބީ. އެކަމަކު އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ، ގޮނޑުދޮށުގައި އޮންނަ އާނުގަނޑެއްގެ ބޭރުން ކަމަށް ވުމުން ލަފާ ކުރެވެނީ އޭގެ މައްޗަށް އަރައި އުޅެނިކޮށް ކައްސާލީ ކަމަށް،” ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުއްޖާ ފެނުނު ތަނުގައި ދެ ފޫޓުބައިހާ ފުންމިން ހުންނާނެ އެވެ.
ކައުންސިލުން ބުނިގޮތުގައި ކުޑަކުދިން ކުޅެން ތިބިތަނުގައި އެ ވަގުތު ބޮޑު މީހެއް ނެތް ނަމަވެސް، ތަންކޮޅެއް ދުރުގައި މީހުން ތިއްބެވެ. އަދި ހަވީރު ވަގުތު ގިނަ ބަޔަކު އުޅޭނީ އަތިރިމަތީގައި ކަމަށް އެތަނުން ބުންޏެވެ.Source link

Article Categories:
News

Comments are closed.